April 23, 2026 16:13
Advertisement

-Advertisement-

ބުލީ ކުރުން ހުއްޓުވަންޖެހޭ، މިއީ ނުރައްކާތެރި ހަތިޔާރެއް!

ބުލީގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވޭ ކޮންމެ ފަހަރަކުވެސް އެތައްބައެއްގެ ކަންބޮޑުވުމުގެ މެސެޖުތައް ފެނެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ބުލީގެ ޝިކާރައަކަށް ވެފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން އުޅޭއިރު ބުލީއާއި ދެކޮޅަށް އެންމެން ނުކުންނަންޖެހެއެވެ. ޚާއްސަކޮށް އަމިއްލަ ދަރިންނަށް ބުލީ އަކީ ކޮބައިކަމާއި އެހެން މީހުންނަށް ބުލީ ކުރުމުން ދިމާވެދާނެ ހިތްދަތިގޮތްތައް ކިޔައިދޭންޖެހެއެވެ. އަދި މީހަކު ބުލީކޮށްފިނަމަ އަމިއްލަ ނަފުސުގެ ދިފާޢުގައި ތެދުވާން ދަސްކޮށްދޭންޖެހެއެވެ. ބުލީ އަކީ ހީކުރާވަރަށްވުރެ ނުރައްކާތެރި ހަތިޔާރެކެވެ. 

ކިހިނެއް ކުރިމަތިލާނީ؟

  • ބުލީކުރާ މީހާއަށް އެފުރުސަތު ނުދިނުން: ތިމާއަށް ނުވަތަ ތިމާގެ ދަރިފުޅު ބުލީގެ ޝިކާރައަކަށްވެއްޖެނަމަ އެފަދަ މީހުންނާއި ގުޅޭގޮތުން މައްސަލަ ހުށަހެޅެން އޮތް ފަރާތަކަށް ހުށަހަޅާށެވެ. ސްކޫލެއްނަމަ ސްކޫލުގެ އިސްވެރިންނަށެވެ. އޮފީހެއް ނަމަ އޮފީހުގެ އިސްވެރިންނަށް ރިޕޯޓްކުރާށެވެ. އަދި ކަންކަމާއި ކެރިގެން ކުރިމަތިލާން ދަސްކުރާށެވެ. ބުލީ ކުރަނީކަމަށް ބުނެ ކުލާސް ކެންސަލް ނުކުރާށެވެ. އަދި އޮފީހަށް ނުގޮސް ނުހުންނާށެވެ. އެއިރުން ކުރިއެރުން ލިބޭނީ ބުލީ ކުރާ މީހަކަށެވެ. އެމީހުންނަށްވުރެ އަމިއްލަ ނަފްސަށް އިތުބާރުކޮށް އެހެން މީހުން ބޭނުންހާގޮތެއް ނުހެދޭނެކަން އަމިއްލައަށް ޔަގީންކުރާށެވެ.

 

  • އެހެން މީހުންދެކެ ބިރުނުގަތުން: ބުލީކުރާ މީހާގެ ބޭނުމަކަށް ވާނީ އެމީހަކު ބޭނުންގޮތަކަށް ކަންތައް ކުރުވުމެވެ. ނޫނީ އެމީހަކަށްވުރެ ކުރިއަރައިދާނަމަ އެކަމެއް ހުއްޓުވުމެވެ. ނޫނީ މީހުންގެ ކުރިމަތީގައި ލަދުގަންނަވާލުމެވެ. އެކަމަކު ކެރިގެން ކަންކަމާއި ކުރިމަތިލާން ދަސްކުރާށެވެ. މީހަކު ބުލީކުރަން ފަށައިފިނަމަ ހިތްވަރާއެކު މިފަދަ ބަސްތައް ބުނެވިދާނެއެވެ. "އަހަރެންނަށް ބުލީކުރަން ނޫޅޭތި! ރިޕޯޓް ކުރާނަން". މިފަދަ ބަސްތައް ބުނުމުން އަމިއްލަ ނަފްސަށް އޮތް އިތުބާރު އެނގިގެންދާނެއެވެ. އަދި ބުލީކުރަން މަސައްކަތްކުރާ މީހަކު ބައެއްފަހަރަށް ފަސްޖެހޭގޮތް ވެއެވެ.

 

  • އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން: ކޮންމެ މީހެއްގެ ގައިގައިވެސް ކޮންމެވެސް އުނިސިފައެއް ހުރެދާނެއެވެ. ނުވަތަ ތިބޭނީ ހިކި މީހުންނާއި ފަލަ މީހުންނާއި ދިގުމީހުންނާއި ކުރުމީހުންނެވެ. އެއީ ބުލީގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. ހުންނަ ސިފައަށް ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދެވިދާނެއެވެ. ބޭނުންވަނީ ހިތްވަރެކެވެ.

 

  • ބުލީ ކުރާ މީހަކަށް އަނބުރާ ބުލީ ނުކުރުން: ބުލީކުރާ މީހަކަށް އަނބުރާ ބުލީކުރުމަކީ އަދި ހައްލެއް ނޫނެވެ. ހިކުމަތްތެރިކަމާއިއެކު ކުރިމަތިލާންވީ ގޮތް ދަސްކުރަންވީއެވެ. އަދި އެހާލަތުން އަރައިގަނެ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ޔަގީންކުރަންވީއެވެ. އެހެންމީހުންނަށް ތިމާއަށް ބުލީ ނުކުރެވޭނެކަމާއި އެފަދަ ހާލަތްތަކުގައި ތިމާގެ ރައްކާތެރިކަން ހޯދަންވީގޮތް ސިކުނޑީގައި ރާވާލަންވީއެވެ. ކޮންމެފަދަ ހާލަތެއް ދިމާވިއަސް ތިމާގެ އަމިއްލަ ނަފްސަށް ރައްކާތެރިވެ ތިމާގެ ކުރިއެރުމަށް ހުރަސް ނޭޅޭގޮތަށް ދިރިއުޅުމާއިގެން ކުރިއަށްދާންވީ ގޮތް ދަސްކުރަންވީއެވެ. އަދި ކުދިންނަށްވެސް ދަސްކޮށްދޭންވީއެވެ. 
+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް