މިއީ ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. ހޫނުގަދަ ދުވަސްވަރު ބިހި ނެގުމަކީ ބައެއް މީހުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.
ހޫނު ބިހި އާންމުކޮށް ނަގަނީ ކަނދުރާއާއި އަތްދަށުގައެވެ. ހޫނުބިހި ނަގަން ދިމާވަނީ މާބޮޑަށް ހޫނުދުވަސްވަރު އަވީގައި އުޅުމާއި ހެދުން އަޅާއިރު ހޫނުކަން އިހުސާސްވާފަދަ ފޮތިން ފަހާފައި ހުންނަ ހެދުން ގިނައިރުވަންދެން ލައިގެން އުޅުމުންނެވެ.

ގިނަފަހަރަށް ހޫނުބިހި އެއީ މާބޮޑު ފަރުވާއެއް ނުދިނަސް ރަނގަޅުވާ އެއްޗެކެވެ. އެކަމަކު ދާހިއްލައި ފޯވެ ގިނައިރުވާނަމަ ހޫނުބިހި ރަނގަޅުވާން ގިނަދުވަސް ހޭދަވެއެވެ.
އޮއިންޓްމެންޓް
ކެލަމިންލޯޝަން ވެސް ބޭނުންކުރެވިދާނެއެވެ. މިއީ ގިނަމީހުންގެ ހަންގަނޑާއި ގުޅޭ ފަސޭހައިން ލިބެންހުންނަ ލޯޝަނެކެވެ. ޒިންކް ހިމެނޭ މި ލޯޝަން ހޭކުމުން ނުހިރުވާނެއެވެ.
ގޭގައި ދެވިދާނެ ފަރުވާ
ހޫނުބިހި ނެގުމުން އެންމެ ރަނގަޅުގޮތަކީ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ރަނގަޅަށް ފެންވަރާލުމެވެ. ފިނިކޮށް ހުންނަ ފެނުން ފެންވަރާލުމުން ހަންގަނޑަށް ފިނިކަން ލިބޭނެއެވެ. ފެންވަރާލުމަށްފަހު ހަންގަނޑު ރަނގަޅަށް ތުވާލިން ހިއްކާލަންވާނެއެވެ. ތެއްކޮށް ހުންނަނަމަ ހިރުވާގޮތްވާނެއެވެ.
ސާފުވައި ލިބޭތަނެއްގައި ދިރިއުޅުން
ހޫނުބިހި ނަގާނަމަ އަދި އެނޫން ހާލަތްތަކުގައި ވެސް ދިރިއުޅެން އެންމެ ރަނގަޅީ ސާފުވައި ލިބޭ ތަންތަނެވެ.
ހެދުން އެޅުމުގައި ވިސްނުން
ހޫނުބިހި ނަގާނަމަ ހެދުން އެޅުމުގައި ހަށިގަނޑަށް ހޫނުކަން އިހުސާސް ނުވާގޮތަށް ހެދުން އެޅުން ރަނގަޅެވެ. މިސާލަކަށް ބައެއް މެޓީލިއަލް ތަކަކީ އެފޮތީގެ ސަބަބުން ބޮޑަށް ހޫނުކަން އިހުސާސްވާފަދަ ފޮތިތަކެކެވެ.
އައިސްކިއުބް
އައިސްކިއުބް ތުވާލިކޮޅެއްގެތެރެއަށް ލުމަށްފަހު ހޫނުބިހިތަކުގައި ހާކާލެވިދާނެއެވެ. ބޭނުމަކީ ފިނިކަން އިހުސާސް ކޮށްދިނުމެވެ.













