Advertisement
header ad
XeeTimesXeeTimes
ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުން ފެނުން: ހުން އައިސް ރަތްބިހިތަކެއް ފެންނަނަމަ ލަސްނުކޮށް ފަރުވާ ހޯދާ ސިއްޙަތު

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުން ފެނުން: ހުން އައިސް ރަތްބިހިތަކެއް ފެންނަނަމަ ލަސްނުކޮށް ފަރުވާ ހޯދާ

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ހިމަބިހި (މީސްލްސް) ގެ 5 ކޭސް ފެނިފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އަދި މިހަފްތާތެރޭގައި މާލެ ސަރަހައްދުން 2 މީހުން ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.

" ހުންއައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމު. ހިމަބިހީގެ ކޭސް ފެނުމާއެކު އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިންދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން" އެޗްޕީއޭ

ރާއްޖެއިން ފެނުނު 5 ކޭސް ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި 2 މީހުން ވެސް ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ޤައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.  

Article - in content
Advertisement

ހިމަބިހި ޖެހިއްޖެނަމަ ފެނިދާނެ ކަންތައް:

  • ހުންގަދަވުން
  • ރޯގާޖެހި ކެއްސާ ކިބިހިއެޅުން
  • ލޯރަތްވެ ލޮލުން ފެންއައުން
  • ގައިން ރަތްކުލައިގެ ކުދިބިހިތަކެއް ފެނުން

ރައްކާތެރިކަމަށް ކުރެވިދާނެކަންތައް:

  • ގިނަގިނައިން އަތްދޮވުން
  • ބަލިޖެހިއްޖެނަމަ ފަރުވާނިމި ރަނގަޅުވަންދެން އެހެންމީހުންނާއި އެކަހެރިކޮށް އުޅުން
  • ވެކްސިން ޖެހުން
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —