May 17, 2026 11:30
Advertisement

-Advertisement-

މަހުދީ އަކީ އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވި ހުޝިޔާރު، ނަމޫނާ ސިފައިންގެ ބޭކަލެއް – އެމްއެންޑީއެފް

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު 5 ފަތުރުވެރިންގެ ތެރެއިން ނުފެންނަ 4 ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ' ސަރޗް އެންޑް ރިކަވަރީ' އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެ ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީ ނިޔާވީ ހޮނިހިރު ދުވަހުގައެވެ.

މަހުދީގެ ޖަނާޒާއަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި މަހުދީގެ ދަރިފުޅު

އެމްއެންޑީއެފްއިން ނެރުނު ތަޢުޒިޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މަހުދީ ފާހަގަކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެންބަރު 19 ވަނަ ދުވަހު ސިފައިންގެ ޤައުމީ ޚިދުމަތާއި ގުޅުނު ދުވަހުން ފެށިގެން އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވި، ހުޝިޔާރު، ކެރޭ، ހީވާގި ނަމޫނާ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ.

" ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާފައިވާ ބޮޑެތި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ޤާބިލު އެއް ޑައިވަރުގެ ގޮތުގައި މަހުދީ ދައްކުވައިދެއްވާފައިވާ ހިތްވަރާއި ކެރުމާއި، އަދާކުރައްވާފައިވާ ދައުރަކީ އެންމެހާ ސިފައިން ފަޚުރުވެރިވާ މަތިވެރި ޤައުމީ ޚިދުމަތެއް". އެމްއެންޑީއެފް

Advertisement

ވަކިން ޚާއްސަކޮށް ފުން ސަރަހައްދުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަންޖެހޭ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް އަމާޒުކޮށް ޓެކްނިކަލް ޑައިވަރުން އުފެއްދުމަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ބައިވެރި ދައްކުވައިދެއްވި ނަމޫނާއަކީ އޭނާގެ ހިތުގައި ޤައުމީ ވާޖިބާއި އިންސާނިއްޔަތަށްޓަކައި އަދި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އޮތް ލޯތްބާއި އެކަމަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް ހާމަވާ އަލިގަދަ ދަލީލެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މަހުދީ (ކ) ރައީސުލްޖުމްހޫރިއްޔާ އަށް މައުލޫމާތު ދެއްވަނީ، ނިޔާވުމުގެ 1 ދުވަސް ކުރިން ނަގާފައިވާ ފޮޓޯއެއް

މަހުދީ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ޑައިވިންގ ދާއިރާއިން ތަމްރީންތައް ފުރިހަމަކުރައްވައިފައެވެ.

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބޭއްވީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް