އަޟްހާ ޢީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރަމުންދާނެ ކަމަށް ލަފާކުރެވޭތީ މިއަދުން ފެށިގެން 31 މެއި 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވަގުތަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު އެއާލައިންތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ދަތުރުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
Advertisement









