May 27, 2026 23:20
Advertisement

-Advertisement-

ސިފައިންނާއި ފުލުހުން އަދި ކުންފުނިތައް ގުޅިގެން މާލެ ސަރަހައްދުގައި ކުލަގަދަކޮށް އަޟްހާ ޢީދު ފާހަގަކުރަން ފަށައިފި 

އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، މިއަދު ހަވީރު ފަށައިފިއެވެ. މިއީ ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. 

ހަވީރު 16:00އިން 18:00އަށް މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލޭގައި މާދަމާ (މޭ 28ވަނަ ދުވަހު)، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ސަލްޓަންޕާކުގައި ކުރިއަށްގެންދިޔަ ޢީދު ކުޅިވަރުގެތެރެއިން

އެމްއެންޑީއެފްއިން މައުލޫމާތުދިންގޮތުގައި ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލް ހިމެނެއެވެ. އަދި، ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދާއި މި މަހުގެ 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ފޭސް 2 ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތުދިންގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ކުޅިވަރުތަކުގެތެރޭގައި ކޯޑިއާއި ބޮޑުބެރާއެކު މާލީގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫނު ކެރެކްޓާސްގެ މެސްކޮޓްތައް އެމްއޭސީއެލް ސްޓޯލްގައި އެކި ދުވަސްތައް މަތިން ހަރަކާތްތެރިވާނެއެވެ. އަދި ފަނުން ހަދާފައިވާ ޓްރީ ހައުސްއަކާއި ރެކިން ބޯލް، ބަބުލް ހައުސް ފަދަ ކުޑަކުދިން ގަޔާވާނެ ކަހަލަ ކުޅިވަރުތައް ހުންނާނެއެވެ. 

ސެންޓްރަލް ޕާކުގައި ހުރި އެމްއޭސީއެލް ސްޓޯލް

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، ވެސް މިއަދުން ފެށިގެން މި މަހުގެ 30 އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު"ގައި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް