June 1, 2026 19:26
Advertisement

-Advertisement-

ސައިބަރ ބުލީންގ ސަލާމަތްކުރުމަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން ކުދިންނަށް މަނާކުރަނީ

'ސައިބަރ ބުލީންގ' އަކީ ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލަކަށްވާތީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ކުޑަކުދިން ހުށަހެޅިފައިވާކަން ފާހަގަކުރައްވާފައެވެ. އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން ކުދިން ރައްކާތެރިކުރުމަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

" އެންމެ ޒުވާން ކުދިން ސޯޝަލް މީޑިއާގެ ވަރަށް ނުރަނގަޅު ކަންތައްތަކުގެތެރެއަށް ވަނީ ގޮސްފައި. ސައިބަރ ބުލީންގ މިއީ ވަރަށް ނުރައްކާތެރިކަމެއް. ޒުވާންކުދިން މިކަމުގެތެރެއަށް ގޮސްފައި އޮތުން މިއީ މުޅި ދުނިޔޭގައި އޮތް މައްސަލައެއް. އޮންލައިން ގްރޫމިންގ އަކީވެސް އޭގެ ސަބަބުން ވަރަށް ނުރައްކާތެރިކަމެއް. ވަރަށް ހާމްފުލް ކޮންޓެންޓަށް ޒުވާންކުދިން ތުއްތުކުދިން އެބަ އެކްސްޕޯސްވޭ. މިކަންކަމުން ކުދިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް. މުޖުތަމައާއި މުއައްސަސާތައް ގުޅިގެން ފިޔަވަޅުއަޅަންޖެހޭ ކަމެއްކަމަށް ދެކެން" ރައީސް

ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުން އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

Advertisement

ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ޒުވާން ޖީލަށް ކުރިމަތިވެފައި އޮތް ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރެވޭއިރު، މިއީ ޑިޖިޓަލައިޒްވުމާ ދުރަށް ދިއުން ނޫންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކުދިންގެ ކިޔެވުމަށްވެސް ހީނަރުކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0 ކަން ހަނދާންކޮށްދެއްވަމުން ރައީސް ވަނީ، ސަރުކާރުގެ އެފިޝަންސީއާއި، ޓްރާންސްޕޭރަންސީ އަދި ޖަވާބުދާރީވުން ހަރުދަނާކޮށް އިތުރުކުރުމަށްޓަކައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ޑިޖިޓަލައިޒްކުރުމުގެ ސަބަބުން ސީދާ އިންސާނީ ބައިވެރިވުން މަދުކުރެވި، ވަކި މީހެއްގެ ބާރާއި ނުފޫޒުން ކަންކަންވުން ނިމުމަކަށް އަންނާނެކަމުގައި ފާހަގަކުރެއްވިއެވެ.

ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށާ، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގެ ޙަޤީޤަތުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމަށްޓަކައި ކުޅިވަރުގެ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅެމުންދާއިރު ނަމާދު ވަގުތު ވަދެއްޖެ ހިނދެއްގައި، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި އިރެއް ވަންދެން ކުޅިވަރުކުޅުން ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅުއްވައި، ކުރިއަށް އޮތް މަސްތަކުގައި އެކަން ތަންފީޒުކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް