June 11, 2026 12:33
Advertisement

-Advertisement-

ފުލުހުންގެ ލޯންޗެއްގައި ޑިއުޓީގައި ހުރި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

"ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ރޭ ދަންވަރުގެ ވަގުތެއްގައި ގެއްލިފައިވާކަމަށާއި މިހާދިސާ ސަމާލުކަމަށް އައުމާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފުލުސް މިހާ ފެނުނީ މޫދު އަޑީގައި އޮއްވައިކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ މައުލޫމާތުދީފައެވެ. ނިޔާވެފައި އޮއްވާ ފެނުނީ ސީނިއާ ސާޖަންޓް އަހުމަދު އާސިފްއެވެ. 

އާސިފްގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތުދީފައެެވެ. 

" މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން. މި މަސައްކަތުގައި އާންމުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަން". 

Advertisement

މައުލޫމާތު ލިބުނުގޮތުގައި އާސިފް ނިޔާވިއިރު މަސައްކަތްކުރަމުން ދިޔައީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ އއ އަތޮޅުގައެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން މިހާތަނަށް ހާމަނުކުރެެއެވެ. މިހާދިސާ ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް