Advertisement
header ad
XeeTimesXeeTimes
މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓް ކޮށްފައިވޭ! ސިއްޙަތު

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓް ކޮށްފައިވޭ!

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މައުލޫމާތުދީފައެވެ. ވޭތުވެދިތަ ހަފްތާގައި އެކަނިވެސް ހިމަބިހީގެ 20 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ. އަދި މިހާތަނަށް 12000 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިހި ޖެހިއްޖެނަމަ ފެނިދާނެ ކަންތައް:

  • ހުންގަދަވުން
  • ރޯގާޖެހި ކެއްސާ ކިބިހިއެޅުން
  • ލޯރަތްވެ ލޮލުން ފެންއައުން
  • ގައިން ރަތްކުލައިގެ ކުދިބިހިތަކެއް ފެނުން

ހިމަބިހިން ރައްކާތެރިވުމަށް:

Article - in content
Advertisement

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުން

ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން، ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ ލަސްނުކޮށް ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ފުރިހަމަކުރުން

ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން

ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން

ފަރުވާ ހޯދަން ދާއިރު މާސްކު އެޅުން

ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —