Advertisement
header ad
XeeTimesXeeTimes
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން، ރައީސުލްޖުމްހޫރިއްޔާއަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން، ރައީސުލްޖުމްހޫރިއްޔާއަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ. މިޝަރަފު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.
ރައީސް އަށް މިޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، އިސްނެންގެވުމާއި، މުއައްސަސާތައް ތަރައްޤީކުރުމާއި ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި އޮނަރަރީ ޑޮކްޓަރޭޓް އެމަނިކުފާނަށް އެރުވީ ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހެބާޒް ޝަރީފެވެ. މި ރަސްމިއްޔާތުގައި އައި.އައި.ޔޫ.އައިގެ ރެކްޓަރ ޕްރޮފެސަރ ޑޮކްޓަރ އަޙްމަދު ސާދު އަލް އަޙްމަދާއި ޕާކިސްތާނު ސަރުކާރުގެ އިސްވެރިންނާއި އަދި ދިވެހި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ޝަރަފު އެމަނިކުފާނަށް އެރުވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ޝަރަފު ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމުގައި ވީނަމަވެސް، މިޝަރަފު ޚާއްޞަކުރައްވާނީ ދިވެހި ރައްޔިތުންނަށް ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއެރުވުނު ޝަރަފަކީ ޕާކިސްތާނުން ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށާއި، އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އަޚުވަންތަ ގުޅުމަށް އަދާކުރި އިޙްތިރާމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އަކީ، މުހިންމު ފަލްސަފާއެއް ތަމްސީލުކޮށްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ފަލްސަފާއަކީ، އީމާނާ ޢިލްމަކީ އެކުގައި ކުރިއަރައި ދާންޖެހޭނެ ދެކަންތައް ކަމަށާއި، ފިކުރީ ހޯދުންތަކުގެ އެންމެ ފަހުގެ ބޭނުމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުން ކަމުގައި ވިދާޅުވިއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —