މޫސުން ގޯސްވެ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިން އެދިއްޖެއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖު އެލާރޓް މިރޭ ނެރެފައެވެ.
ގޭގެއާއި ފިހާރަތައް ކައިރީގައި ވެލިބަސްތާޖެހުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
Advertisement









