Advertisement
header ad
XeeTimesXeeTimes
ވީޑިއޯ: ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށަކީ ގައްދޫ ވީޑިއޯ

ވީޑިއޯ: ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށަކީ ގައްދޫ

ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށަކީ ގދ.ގައްދޫ އެވެ. ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ ހަދިޔާއެއްގެ ގޮތުގައި ތުނޑުކުނާ ބޭނުންކުރެއެވެ. އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ފެއަރތަކުގައި ކުނާ ވިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ގައްދޫ ކަނބަލުންނަށް ތަފާތު އެކި ފަހަރުމަތިން ލިބިފައިވެއެވެ. އިނގިރޭސިވިލާތުގެ މިއުޒިއަމެއްގައި ގައްދޫގެ ކުނަލެއް ކަމަށް ބެލެވޭ ތުނޑުކުނަލެއް ބޭއްވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނިވަން 50އާއި ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުނަ ހަރަކާތްތަކުގެ ތެރެއިން ގދ.އަތޮޅުން އެއްވަނަ ލިބިފައިވަނީ ގައްދޫ އިން ހުށަހަޅައިދިން ތުނޑުކުނާ ވިޔުމަށެވެ.

ވީޑިއޯ އިން ފެނިގެންދަނީ ގދ.ގައްދޫ އަށް އުފަން ރާމިޒާ އަޙްމަދު ތުނޑުކުނާ ވިޔާ މަންޒަރެވެ.

ވީޑިއޯ: ފަޒޫ

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —