Advertisement
header ad
XeeTimesXeeTimes
ސީލިންގ ބޮލަށް ވެއްޓި އަނިޔާ ލިބުނު ފިރުޝާންގެ ޙާލު ސީރިއަސް

ސީލިންގ ބޮލަށް ވެއްޓި އަނިޔާ ލިބުނު ފިރުޝާންގެ ޙާލު ސީރިއަސް

ގދ.ލޮނަދޫފުށީގައި ހުރި ކޮޓަރިއެއްގެ ސީލިންގ ބައެއް ވެއްޓި އޭގެ ދަށުވެ އަނިޔާ ލިބުނު މުޙައްމަދު ފިރުޝާން ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ. މަންޒަރުދުށް މީހަކު މަޢުލޫމާތުދިން ގޮތުގައި ގދ.ގައްދޫއަށް އުފަން އުމުރުން 17 އަހަރުގެ ފިރުޝާން ގައިމައްޗަށް ވެއްޓުނު ސީލިންގަ ހުރީ ސިމެންތިފިލާ ހަރުކޮށްފައެވެ. 

ފިރުޝާންގެ ގައިމައްޗަށް ވެއްޓުނު ސިމެންތިފިލާ

ފިރުޝާން އަށް ފަރުވާދެމުންދަނީ ގދ.ތިނަދޫ ގައި ހުންނަ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. ހޮސްޕިޓަލުގައި ހުރެ ޒީޓައިމްސް އަށް މަޢުލޫމާތުދެއްވަމުން ގައްދޫ ކައުންސިލް މެންބަރު މުޙައްމަދު ލަބީބު ވިދާޅުވީ ފިރުޝާންގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، އިތުރު ފަރުވާއަށް ފިރުޝާން މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" މިއަދު ހެނދުނު 10.30 ހާއިރު މިހާދިސާ ހިގިކަމުގެ މަޢުލޫމާތު ލިބުނީ. 11:25 ވީ އިރު ފިރުޝާން ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި. އެއްފައި އޮތީ ޗިސްވެފަ. ބޮލަށް ވަރަށްބޮޑަށް ގެއްލުން ލިބިފަހުރީ. މިހާތަނަށް 9 މީހުންގެ ގައިން ލޭ ނެގުމަށްފަހު 4 ޕޮއިންޓް ލޭ އެޅިއްޖެ. ލޭ ނުހިފަހައްޓާ. ފިރުޝާންގެ ހެއެއްނެތް. ޙާލު ވަރަށްދެރަ" ލަބީބު މަޢުލޫމާތު ދެއްވިއެވެ.

Article - in content
Advertisement

މިހާދިސާ ހިގީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރި އަދި މިހާރު ވީރާނާވެފައިވާ ލޮނަދޫފުއްޓަށް ޕިކްނިކް ގޮސްގެން އުޅެނިކޮށެވެ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫފުށީގައި ހިނގި މިހާދިސާގައި ދެން ޒަޚަމްވީ އުމުރުން 16 އަހަރުގެ ލުފްޝާން އިބްރާހީމް ނަސީރު އެވެ. ޒަޚަމްވި ތަންތަން ފެހުމަށްފަހު ލުފްޝާން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްފައެވެ.

ޢާއިލާއިން އެދެނީ ފިރުޝާން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުޢާ ކޮށްދިނުމަށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

އަބްދުﷲ ސަލީމް 07ފެބްރުއަރީ2021

ﷲގެ ހެޔޮރަޙްތަތްފުޅުން ފިރުޝާން އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން. 1

Zayana 07ފެބްރުއަރީ2021

Ameen avas shifaa akah edhen 1

Anonymous 07ފެބްރުއަރީ2021

شفاك الله 1

Aameen 06ފެބްރުއަރީ2021

Aameen 3

🌹💐🥀🌻🌳 06ފެބްރުއަރީ2021

Aameen 2

Hamaa 06ފެބްރުއަރީ2021

Avas Shifaa eh minvaru kurahvaashi..aameen 🤲 7 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —