Advertisement
header ad
XeeTimesXeeTimes
ބަނާނާ ޕޭންކޭކް ބަދިގެ

ބަނާނާ ޕޭންކޭކް

ބޭނުންވާތަކެތި

4 ވަށް ދޮންކެޔޮ

6 ސަމުސާ ހަކުރު

Article - in content
Advertisement

2 ސަމުސާ ފުށާއި 1/2 ސަމުސާ ބޭކިންގ ޕައުޑަރ

1 ސަމުސާ ހަނޑޫ ފުށް

2 ސަމުސާ ކުދިކޮށް ކޮށާފައިވާ ކެޝޫނަޓް

1/2 ތަށި ކާށިކިރު

ތައްޔާރުކުރާނެގޮތް

ކުދިކޮށް ކޮށާފައިހުރި ކެޝޫނަޓް ފިޔަވާ ދެންހުރި ހުރިހާ ބާވަތެއް އެއްކުރުމަށްފަހު މިކްސަރުން ގިރާލާށެވެ. މާބޮޑަށް ހަރުކޮށް ހުރިނަމަ ކިރުއަޅާށެވެ. މާ ދިޔާނަމަ ފުއްއަޅާށެވެ. އެންމެ ފަހުން ކޮށާފައިހުރި ކެޝޫނަޓްސް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އަދި ބައިގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު އުދުންމައްޗަށް ތަވާ އުދާށެވެ. ތަވާ ހޫނުވުމުން ބަޓަރުކޮޅެއް ހާކާފަ ޕޭން ކޭކު ގޮތަށް ބޭނުން ސައިޒަކަށް ފިހާށެވެ. މާމުއި ނޫނީ އައިސްކްރީމާއެކީ ކާން ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —