November 21, 2024 23:14
Advertisement

-Advertisement-

މޮންގޯލިއަން ބީފް

މޮންގޯލިއަން ބީފް ވަރަށް މީރުވާނެ!

މެރިނޭޓްކުރަން ބޭނުންވާތަކެތި

500ގ ބީފް (ހިމަދިގުކޮށް ކޮށާފަ)

4 ލޮނުމެދު (ގާނާފަ)

Advertisement

1 އިންޗި އިނގުރު (ގާނާފަ)

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް ނުވަތަ ލޮނުކޮޅެއް

2 މޭޒުމަތީ ސަމުސާ ކޯން ފްލާ

ކުކިންގް އޮއިލް

ސޯސްގަނޑަށް ބޭނުންވާތަކެތި

1 ބޮޑު ފިޔާ

3 ލޮނުމެދު

½ އިންޗި އިނގުރު

އޮލިވް އޮއިލް

ސެސަމީ އޮއިލް

½ ކުޑަ ކެރެޓް (ހިމަ ދިގުކޮށް ކޮށާފަ)

3 ސްޕްރިންގް އަނިއަން ނުވަތަ މެދު ސައިޒުގެ ½ ލީކްސް

½ ބެލްޕެޕަރ (ހިމަ ދިގުކޮށް ކޮށާފަ)

1 މޭޒުމަތީ ސަމުސާ ލައިޓް ސޯޔާސޯސް

2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް

½ 2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

31/ ޖޯޑު ފެން

ތައްޔާރުކުރާނެގޮތް

ބީފްކޮޅު ތެރެއަށް، ލޮނުމެދު، އިނގުރު، މުގުރި އަސޭމިރުސް އަދި ސޯޔާސޯސް އަޅާފަ 30 މިނިޓް މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން މަސްކޮޅު އެތެރެއަށް ކޯންފްލާކޮޅު އަޅާ މޮޑެލާފަ ތެޔޮކޮޅެއް ތެރޭ ބީފް ރޯފިލާވަރަށް ތެލުލާށެވެ.

ސޯސްގަނޑު ތައްޔާރުކުރުމަށްޓަކައި ފުރަތަމަ، އޮލިވް އޮއިލް އަދި ސެސަމީ އޮއިލްކޮޅު ޕޭންއަކަށް އަޅައި އޭގެތެރޭގައި ފިޔާ، ލޮނުމެދު އަދި އިނގުރުކޮޅު ކައްކާލާށެވެ. ފިޔާކޮޅު ވަޅޯވުމުން ކެރެޓް، ބެލް ޕެޕަރ، ސްޕްރިންގް އަނިއަން ނުވަތަ ލީކްސް އަޅައި ކުޑަކޮށް ކައްކާލާށެވެ. އެއަށްފަހު ފިޔާގަނޑު ތެރެއަށް ލައިޓް ސޯޔާސޯސް، ޗިލީ އެންޑް ގާލިކް ސޯސް، އޮއިސްޓަރ ސޯސް އަދި ފެންއަޅައި 2-3 މިނެޓް މަޑު ގިނީގައި ކައްކާލާށެވެ. ސޯސްގަނޑު ކެކުމުން ސޯސްގަނޑު ތެރެއަށް ބީފްކޮޅު އަޅާލުމަށްފަހު އިރުކޮޅަކު މަޑުގިނީގައި ކައްކާލާށެވެ.

+1
0
+1
12
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް