September 21, 2024 01:22
Advertisement

-Advertisement-

ރަމްޒީ

ރަމްޒީގެ ހިތުގެ ވޭލް ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު!

ބ.ކުޑަރިކިލި އަޙްމަދު ރަމްޒީގެ ހިތުގެ ވޭލް ބަދަލުކުރުމުގެ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކުރެވުނީ މިއަދު އެވެ. ރަމްޒީގެ އަންހެނުން ފާތިމަތު ރަޝީދާ ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ރަމްޒީގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ ސީ.ސީ.ޔޫގައި ކަމަށެވެ.

ރަމްޒީ އޮޕަރޭޝަން ކުރުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުން މިއަދު ދީފައިވާ ލިޔުން

" ހަގަޑިއިރު ހޭދަވި އޮޕަރޭޝަން ކުރުމަށް. އޮޕަރޭޝަން ފެށުމުގެ ކުރިން ޑޮކްޓަރު ވިދާޅުވި ވަރަށް އުއްމީދު ކުޑަ އޮޕަރޭޝަންއެއް ކަމަށް. އުފެދުމުގައި ވޭލްގެ އައިބުކަން ހުރީމަ އާޓިފިޝަލް އެއްޗެއް ލައްވާފަ ވޭލް ބަދަލުކުރީ. ލޭ ކޮންޓްރޯލް ނުވެއްޖިއްޔާ ފުރާނައަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވި. އެއްވެސް ޔަޤީންކަމެއް ނެތް އޮޕަރޭޝަނެއްގަ ﷲ ގެ ހެޔޮ ރަހުމަތުން އޮޕަރޭޝަން ކާމިޔާބު" ޑޮކްޓަރުންނާއި ހަވާލާދީ ފާތިމަތު މަޢުލޫމާތުދިނެވެ.

އިންފެކްޝަނެއް ނޫނީ އިތުރުކަމެއް ދިމާނުވާނަމަ 20 ވަރަކަށް ދުވަހުން ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވޭ ކަމަށް ފާތިމަތު މަޢުލޫމާތުދިނެވެ.

Advertisement

ރަމްޒީ އާއި ގުޅޭގޮތުން ތަފްސީލީ ރިޕޯޓެއް ޒީޓައިމްސްއިން ވާނީ ކުރިން ގެނެސްދީފައެވެ. ރަމްޒީގެ ހިތުގެ ލޯވަޅު ބެއްދުމުގެ އިތުރަށް ވޭލްއާއި ގުޅުންހުރި 2 އޮޕަރޭޝަނެއް ކުރިން ވަނީ ކޮށްފައެވެ. 2019ވަނަ އަހަރު އޭޑީކޭ އިން ކުރި އޮޕަރޭޝަނުގެ ބިލަށް އަމިއްލައަތުން ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހުނު ކަމަށާއި، މިއަދު ކުރެވުނު އޮޕަރޭޝަންގައި ވެސް އާސަންދަ ކަވަރކުރަނީ 50 އިންސައްތަ ކަމަށް ފާތިމަތުވަނީ މަޢުލޫމާތުދީފަ އެވެ.

" އާދީއްތަ ދުވަހު ހުށަހަޅާނަން އެންސްޕާ އަދި ޒަކާތު ފަންޑަށް އެހީ ލިބޭތޯ. އަދި ނޭގޭ ބިލަށް އަރާނެވަރެއް. އާންމުންގެ އެހީއަށް އެދިގެން އަޅުގަނޑުމެންނަށް ލިބުނީ ވަރަށްކުޑަ މިންވަރެއް. ކޮވިޑްގެ މިހާލަތުގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ އެހާ މަދުން އެލިބުނީ" ފާތިމަތު ކިޔައިދިނެވެ.

ފާތިމަތު އަދި ރަމްޒީ އާއި ދަރިފުޅު

3 ކުދިންނާއި އެކު 1 ކޮޓަރިއެއްގައި ދިރިއުޅޭ މިއާއިލާ އަށް އާމްދަނީ ގޮތުގައި ލިބެނީ، ދިރިއުޅޭ ކޮޓަރީގެ މަތީގައި ހަދާފަ ހުންނަ ކުޑަތަންކޮޅަކަށް ލިބޭ 5000 ރުފިޔާއެވެ. އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކުރިން ވަޒީފާ އަދާކުރި 40 އަހަރު ރަމްޒީގެ ބަލިޙާލަތުގެ ސަބަބުން ވަޒީފާއަކަށް ނުދެވޭތާ އަހަރެއްވެއްޖެ ކަމަށް ފާތިމަތުވަނީ ބުނެފައެވެ.

ހާލަތު ބަޔާންކޮށް އެހީއަށް އެދޭތީ މުޖުތަމަޢުގެ މަދު އަދަދެއްގެ މީހުންގެ ފަރާތުން އަންނަ ނޭދެވޭ ބަސްތަކުގެ ސަބަބުން ހިތާމަކުރާކަން ހާމަކުރަމުން ފާތިމަތުވަނީ އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެސް ފާތިމަތު އެދެނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

 

+1
3
+1
2
+1
1
+1
3
+1
0
+1
0
+1
10

Advertisement

ގުޅުންހުރި ލިޔުންތައް