Advertisement
header ad
XeeTimesXeeTimes
ތާރީޚް: 330 އަހަރު ވީ ނޮޅިވަރަމް ހުކުރު މިސްކިތް ތާރީޚް

ތާރީޚް: 330 އަހަރު ވީ ނޮޅިވަރަމް ހުކުރު މިސްކިތް

ހދ.ނޮޅިވަރަމް ބައު ހުކުރު މިސްކިތް ހަދާފައިވަނީ ހިރިގަލުން ލަކުޑީގައި ލާފެންކޮށްފައި ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. ކުރިން ވަރަށް ކުޑަކޮށް ހުރި މިމިސްކިތް ފަހުން ބޮޑުކޮށްފައި ހުރިއިރު މިމިސްކިތް ބިނާކޮށްފައިވަނީ ހިޖުރައިން 1111ވަނަ އަހަރުއެވެ.

ނޮޅިވަރަމް ހުކުރު މިސްކިތް/ ފޮޓޯ: ކޮރަލްސްޓޯން

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި 330 އަހަރުވެފައިވާ މި މިސްކިތަކީ ހިރިގާ ކޮށައިގެން ފަތޮޅުއަޅުވައިގެން ހަދާފައިވާ އިމާރާތެކެވެ. މިސްކިތުގެ އެތެރޭގެ ބައިތައް ހަދާފައިވަނީ ލަކުޑިން ލިޔެގެންނެވެ. އަދި އިމާރާތުގެ އަސްލު ނުގެއްލޭގޮތަށް މިސްކިތުގެ ބޭރުން އުވަ ބޭނުންކޮށްގެން ފެންޑާއެއް ވަނީ އިތުރުކޮށްފައެވެ.

ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި ކަމަށް ބުނާ މިމިސްކިތަކީ 33 ފޫޓު ދިގު 31 ފޫޓު ފުޅާ މިސްކިތެކެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —