ފަރެސްމާތޮޑާގެ ފަރެސް އަވަށުގައި ހުންނަ ކުރީޒަމާނުގެ މިގޭގެ ނަމަކީ ގުލްޗަނބޭލީގެ އެވެ. މިގޭގެ ފާރުތަކުގައި ވަނީ ވަރަށް ރީއްޗަށް ކުރަހާފައެވެ. ފަރެސް އަވަށުން މަޢުލޫމާތުދިން އުމުރުން ދުވަސްވީ އަޙުމަދު ބުނިގޮތުގައި މިގޭގެ ވެރިފަރާތުގެ ނަމަކީ މުޙައްމަދު ތަކުރުފާނު އެވެ. އެއީ އަތްތެރި މަސައްކަތްކޮށް އުޅުނު މީހެކެވެ. އަދި މުޙައްމަދު ތަކުރުފާނަކީ ވަރަށް ތަނަވަސް މީހެކެވެ. އެއިރު ފަރެސްމާތޮޑާ ކައިރީގައި ހުރި ގިނަ ފަޅުރަށްތައް ބަލަހައްޓަނީ މުޙައްމަދު ތަކުރުފާނު އެވެ. ކޮންމެ އަހަރަކު ކޮޅުބަށް ދަތުރުކުރާ ކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ.
Advertisement




















