Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފައި ފޮޓޯ

ފޮޓޯ: ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފައި

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދެ ޒުވާނަކު މިއަދު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ފުވައްމުލަކު ކެޕްރީ އަޙްމަދު މުތީއު ޢަބްދުލްހަކީމް އާއި އެރަށު މެހެންދި ޢަލީ އާމިލް އަޙްމަދު އެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި މިއަދު ހަވީރު 16:22 ހާއިރު މިއެކްސިޑެންޓް ހިނގީ މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތުމަގުގެ ހުޅަނގު ފަރާތުގައި ހުރި ކިނބިގަހެއްގައި ކާރެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިއިރު ކާރުގައިތިބީ 19 އަހަރާއި 24 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ މަޢުލޫމާތުދީފަ އެވެ. މިއެކްސިޑެންޓް ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ފޮޓޯ: މާދު ޢަބްދުﷲ 

Article - in content
Advertisement

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —