November 22, 2024 00:15
Advertisement

-Advertisement-

ކެއުމުގައި ފައިދާހުރި ކާނާ ހިމަނާނެ ގޮތްތައް

ދުޅަހެޔޮ ސިއްޙަތަކަށް ފައިދާހުރިކާނާ ކެއުމުގައި ބޭނުންކުރުން ވަރަށް މުހިންމެވެ. ދިވެހިރާއްޖޭގައި ގިނައަދަދެއްގެ ތަރުކާރީއާއި މޭވާ ހައްދަމުންދާއިރު ފަސޭހައިން ލިބެންހުންނަ ތަފާތު ބާވަތްތައް ކެއުމުގައި ބޭނުން ކުރެވިދާނެއެވެ. 

ހެނދުނުގެ ނާސްތާ

ކޯން ފްލޭކްސް ފަދަ ސީރިއަލް ކާއިރު ކޮށާފައިވާ މޭވާ އެއްކޮށްގެން ކެއުމަށް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ދޮންކެޔޮ، ފަޅޯ، އަނބު، އޮރެންޖު، އާފަލު ފަދަ އެކިވައްތަރުގެ ތާޒާމޭވާ އެއްކުރެވިދާނެއެވެ.

Advertisement

ހެނދުނުގެ ނާސްތާގައި އާންމުގޮތެއްގައި ކެއުމަށް މަސްހުނި ބޭނުންކުރާއިރު މަސްހުނީގެ ތެރެއަށް ތަރުކާރީގެ ބާވަތްތައް އެއްކުރެވިދާނެއެވެ. ބަރަބޯ، ބަށި، މުރަނގަތޮޅި، ޗިޗަންޑާ، އަދި މިނޫނަސް ތަރުކާރީގެ ކޮންމެވެސް ބާވަތެއް މަސްހުންޏާ އެއްކުރެވިދާނެއެވެ. މިހާރުވެސް ތަފާތު ފަތުގެ ބާވަތްތައް މަސްހުނިއާއި އެއްކޮށްގެން ކެއުމަށް ބޭނުންކުރެއެވެ. މައްސާގު ފަތް، ކޮޕީފަތް، ކަންކުން ފަތް ފަދަ ފަތްތައް އެއްކުރެވިދާނެއެވެ.

ދިވެހިންގެތެރެއިން ގިނަބަޔަކު ކެއުމުގައި ބިސް ބޭނުންކުރެއެވެ. ބިސްގަނޑު ފިހާއިރު ފިޔާ، މުރަނގަފަތް، ކޮޕީފަތް، ޓޮމާޓޯ، ތޮޅި، ފަދަ ބާވަތްތައް އެއްކުރެވިދާނެއެވެ.

މެންދުރުގެ ކެއުމާއި ރޭގަނޑު ކެއުން

ދިވެހިން އާންމުގޮތެއްގައި ކެއުމަށް ރިހަ ބޭނުންކުރާއިރު ކެއްކުމުގައި އިސްކަންދޭންވީ ތަފާތު ތަރުކާރީ ބާވަތްތައް ހިމެނުމަށެވެ. އާންމުކޮށް ލިބެން ހުންނަ ތަރުކާރީ ބާވަތްތައް ކަމުގައިވާ ބަރަބޯ، ތޮރާ، ޗިޗަންޑާ، ބަށި، މުރަނގަތޮޅި، ފެހިތޮޅި، ކެރެޓު، އަލުވި، ކައްޓަލަ، މާޅޮސްކެޔޮ، ބަނބުކެޔޮ ކޯލިފްލަވަރ ފަދަ ތަރުކާރީ، ރިހަ ކައްކާއިރު ބޭނުންކުރެވޭތޯ ބަލަންވާނެއެވެ.

ކެއުމުގައި ތަފާތުވައްތަރުގެ މުގުވެސް ހިމެނިދާނެއެވެ. އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ތޮޅީގެ ބާވަތްތަކަށްވުރެ ކެއުމުގައި ބޭނުންކުރުމަށް ރަނގަޅީ ބަންދުނުކޮށް ވިއްކަން ހުންނަ ތާޒާ ބާވަތްތަކެވެ. އަދި ކެއުމުގެ ކޮންމެ ވަގުތެއްގައި، ތަރުކާރީގެ ބާވަތްތައް އާވިން ކައްކައިގެން ނުވަތަ ތަރުކާރީގެ ކޮންމެވެސް ބާވަތްތަކެއް ހިމެނޭގޮތަށް ސަޓަނި ތައްޔާރުކުރެވިދާނެ އެވެ. 

 

ނޯޓް: މިލިޔުމުގައި ހިމަނާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލައިފައިވާ 'މަންމައާއި ކުޑަ ދަރިފުޅުގެ ކާނާ' ފޮތުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ.

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް