Advertisement
header ad
XeeTimesXeeTimes
ތާރީޚް: ބާރަށު ކުރީގެ ހުކުރު މިސްކިތް ތާރީޚް

ތާރީޚް: ބާރަށު ކުރީގެ ހުކުރު މިސްކިތް

ބާރަށު ކުރީގެ ހުކުރު މިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުން ކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި މިމިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ވެވެއް އެބައޮތް ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

މިސްކިތުގެ އިރުއުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުންނައިރު، މިމިސްކިތަކީވެސް ވެލިގަލާއި އުވަ ބޭނުންކޮށްގެން ހަދާފައިވާ ޒަމާންވީ މިސްކިތެކެވެ.

" މިމިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުހައްމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވުނު ތަނެއް އެބަހުރި. މިމިސްކިތުގެ އަސްލު ނުގެއްލި ރީތިކޮށް ބެހެއްޓުމަށް ރައްޔިތުންގެ ފެންވަރުގައި އެކިފަހަރު މަތިން މިސްކިތުގެ ޓިނު ބަދަލުކޮށްފައިވޭ. އަދި ފަހުން ވާނީ މިމަރުކަޒުގެ ފަރާތުން މިމިސްކިތުގެ އަސްލު ނުގެއްލޭގޮތަށް މޮޅު ޓިނުޖަހާ މަތިވަޑާން ބަދަލުކޮށް ރީތިކޮށް ހަދާފަ" ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 'ޒީޓައިމްސް' އަށް ލިޔުމުން ދިން މަޢުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.

Article - in content
Advertisement

ބާރަށުގެ މިމިސްކިތަކީ ދިގުމިނުގައި 39 ފޫޓު އަދި ފުޅާމިނުގައި 31 ފޫޓު ހުންނަ މިސްކިތެކެވެ. އަދި މިމިސްކިތް ބިނާކުރި ދުވަސްވަރެއް އެގެންނެތެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —