Advertisement
header ad
XeeTimesXeeTimes
ފޮޓޯ: 500 ވަރަކަށް މީހުން ގައިދުރުކަމެއް ނެތި ކިއޫގައި! ފޮޓޯ

ފޮޓޯ: 500 ވަރަކަށް މީހުން ގައިދުރުކަމެއް ނެތި ކިއޫގައި!

ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް ބުނުމާއިއެކު ވެކްސިން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ހުޅުމާލޭގެ ފްލޫ ކްލިނިކްގައި އެކަނިވެސް 500 އެއްހާ މީހުން މިއަދު މެންދުރު ކިއޫގައިތިބިއިރު، ބިދޭސީންނާއި ދިވެހިންގެ ކިއޫ ވަނީ ވަކިކޮށްފައެވެ. މާލޭގެ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް ވެކްސިން ޖެހުމަށް ކިއޫގައި ވޭތުވެދިޔަ ތިންދުވަހު އެތައް ސަތޭކަ ބަޔަކުތިބި އިރު ގައިދުރުކަމެއް ނެތެވެ. އަދި ގައިދުރުކޮށް މީހުން ބޭތިއްބުމަށް ކަމާގުޅުންހުރި އެއްވެސް މުއައްސަސާއަކުން މަސައްކަތްކުރާ މަންޒަރެއްވެސް ނުފެނެއެވެ.

ފޮޓޯ: ހުޅުމާލޭ ފްލޫ ކްލިނިކްގެ ކިއޫ އިއްޔެ އާއި މިއަދު

 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —