Advertisement
header ad
XeeTimesXeeTimes
ވީޑިއޯ: ވެކްސިން ކިއޫގައި އެތައް ސަތޭކަ މީހުން ޖެހި ފިތިގެން! ވީޑިއޯ

ވީޑިއޯ: ވެކްސިން ކިއޫގައި އެތައް ސަތޭކަ މީހުން ޖެހި ފިތިގެން!

މާލެއާއި ހުޅުމާލޭގައި ހުރި ވެކްސިން ސެންޓަރުތަކުގައި ވޭތުވެދިޔަ 5 ދުވަހު ވަނީ ގިނަ އަދަދެއްގެ މީހުން ކިއުގައި ޖެހިފައެވެ. ކޮވިޑް ވެކްސިން ޖެހުމަށް ބައެއް މީހުން ރޭގަނޑުން ފެށިގެން ކިއޫގައި މަޑުކޮށްގެންތިބިއިރު، ކިއުތަކުގައި ތިބި މީހުން ގައިދުރުކުރުމަށް އިސްކަންދޭތަނެއް ނުފެނެއެވެ. އަދި ގައިދުރުކަން ނުބަހައްޓާ އެކަކު އަނެކަކާ ޖެހި ފިތިގެން އެތައް ސަތޭކަ ބަޔަކު ކިއުތަކުގައި ތިބިއިރު މިކަން ހުއްޓުވަން މަސައްކަތް ނުކުރާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެއްފަހަރާ އެތައްސަތޭކަ ބަޔަކު ވެކްސިން ޖެހުމަށް މިދިޔައީ ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުން މިއަދުން ފެށިގެން ހުއްޓާލާނެ ކަމަށް ބުނުމުންނެވެ. 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —