Advertisement
header ad
XeeTimesXeeTimes
ތާރީޚް: ފުވައްމުލަކު ހުކުރު މިސްކިތް ކައިރީގައި ފާހަގަކުރެވޭ މަހާނަތަކެއް! ތާރީޚް

ތާރީޚް: ފުވައްމުލަކު ހުކުރު މިސްކިތް ކައިރީގައި ފާހަގަކުރެވޭ މަހާނަތަކެއް!

ފުވައްމުލަކު ރަސްގެފަންނުގައި ހުކުރު މިސްކިތް ބިނާކުރެއްވީ ދެއްވަދޫ ރަސްގެފާނު އެވެ. ހުކުރު މިސްކިތަކީ މީލާދީ ތާރީޚުން 1962 – 1701 އާއި ދެމެދު ބިނާކުރެވުނު މިސްކިތެކެވެ.

މިސްކިތުގެ ޤަބުރުސްތާނުގައި ފާހަގަކުރެވޭ ބޭފުޅުންގެ މަހާނަތައް އެބަހުއްޓެވެ. އެއް މަހާނައަކީ ސާމިޔާ ފާށިނާކިލެގެ މަހާނަކަމަށް ބުނެވޭ މަހާނައެކެވެ. އެތާގައި ވަރަށްރީތި ގާތަކެއް ހުރިއިރު އޭގައިވަނީ ރީތިކޮށް ކުރެހުން އަޅައިފައެވެ.

އަދި އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އިބްރާހީމް ފާމުދޭރިކިލެގެފާނުގެ ބޭފުޅުން ފަސްދާނުލެވިފައިވެއެވެ. މީގެ އިތުރުން މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އަލްއަމީރު ހަސަން ޢިއްޒައްދީން ފަސްދާނުލެވިފައިވެއެވެ.

Article - in content
Advertisement

ނޯޓް: މިލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތު ދީފައިވަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —