Advertisement
header ad
XeeTimesXeeTimes
ފޮޓޯ: މިޔަރު މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ފޮޓޯ

ފޮޓޯ: މިޔަރު މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

މިޔަރު މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.

" އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަމުންދާކަމަށް، މިއަދު ހެނދުނު 11:30 ހާއިރު ލިބުނު މަޢުލޫމާތަކާއި ގުޅިގެން އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ވަނީ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. މާވަރު ފަޅު ކައިރިން 4 މީހުންނާއެކު މިދޯނި ހުއްޓުވީ މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް" ފުލުހުން ވިދާޅުވިއެވެ.

މިދޯނި ބަލާ ފާސްކުރިއިރު ދޯނިތެރެއިން މިޔަރު އުރަހަ އަދި ލޮނު އަޅާފައިހުރި މިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. އަދި މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށް ވެސް ވަނީ މަޢުލޫމާތުދީފައެވެ. ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމާއި މިޔަރު އުރަހަފަދަ ތަކެތި އެކްސްޕޯޓް ކުރުމަކީ މަނާކަމެކެވެ.  

Article - in content
Advertisement

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —