Advertisement
header ad
XeeTimesXeeTimes
ބަނބުކެޔޮ ރިހަ މިގޮތަށް ކައްކާލާ، މީރު ވާނެ! ބަދިގެ

ބަނބުކެޔޮ ރިހަ މިގޮތަށް ކައްކާލާ، މީރު ވާނެ!

ބޭނުންވާތަކެތި

ބަނބުކެޔޮ

ވަޅޯމަސް

Article - in content
Advertisement

8 ހިކިމިރުސް

2 ސައިސަމުސާ ދިރި

1 ސައިސަމުސާ ދަވިއްގަނދު

3 ސައިސަމުސާ ކޮތަނބިރި

1 ސައިސަމުސާ އަސޭމިރުސް

4 ލޮނުމެދު

½ 1 އިންޗި އިނގުރު

1 ފިޔާ

ހިނކަނދިފަތް

ރާނބާފަތް

1 ބޮޑު ކާށީގެ ފެންކިރު / އަދި ބޯކިރު

ލޮނު

ތައްޔާރުކުރާނެ ގޮތް

ހިކިމިރުސް، ދިރި، ދަވިއްގަނދު، ކޮތަނބިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ފިޔާ، ހިކަނދިފަތް އަދި ލޮނު އަޅާފަ މިކްސަރުން ފުނޑާލާށެވެ.

ފެންކިރު ތެރެއަށް ފުނޑާފައިހުރި މިރުސްގަނޑު ގިރުވާލާފައި ތެއްޔަކަށް ފުރާނާލާށެވެ.

ފުރާނާފައި ހުރި ފެންކިރު ތެރެއަށް ބަނބުކެޔޮ ކޮށާފަ ވަޅޯމަސް، ހިކަނދިފަތް، ރާނބާފަތް އަދި ރީނދޫކޮޅަކާއި ލޮނުކޮޅެއް އަޅާފައި ބަނބުކެޔޮ މަޑުކުރަން އުނދާށެވެ. ބަނބުކެޔޮ މަޑުވުމުން، ބަނބުކެޔޮ ތަކުގެ ދެބައިކޮށްފަ އެއްބައި އުނދުޅިއަކުން ޗަސްކޮށްލާށެވެ. ދިޔަ ގަނޑު މާ ހިކި ނަމަ ކުޑަ ފެންފޮދެއް އަޅައި ދިޔާކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކާށީގެ ބޯކިރު އަޅާލައި އެއްކޮށްލުމަށްފަހު އިރުކޮޅަކު ކައްކާލާފައި ބާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —