Advertisement
header ad
XeeTimesXeeTimes
ތާރީޚް: މެދުޒިޔާރަތަށް އެ ނަން ކިޔުނީ ކިހިނެއް؟ ތާރީޚް

ތާރީޚް: މެދުޒިޔާރަތަށް އެ ނަން ކިޔުނީ ކިހިނެއް؟

މެދުޒިޔާރަތް މި ނަން އެޒިޔާރަތަށް ކިޔުނީ ކުރީޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން ޒިޔާރަތް ހުރީ ރަށުގެ މެދުގައި ކަމަށްވެފައި، އެ ޒިޔާރަތަކީ އެހެން ޒިޔާރަތްތަކަށްވުރެ ޚާއްސަ ޒިޔާރަތަކަށްވީތީ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

" މި ޒިޔާރަތަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ނަދުރު ބުނަމުން ގެންދިޔަ ޒިޔާރަތް. މިފަދަ ތަންތަނަށް ނަދުރުބުނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމަކަށް ނުވާތީ 1957ވަނަ އަހަރުން ފެށިގެން މިކަން ވަނީ ސަރުކާރުން މަނާކޮށްފަ"

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ގެނެސްދެއްވި އައްޝައިޚް އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރަފްވީ މީލާދީން 1153ވަނަ އަހަރުއެވެ.

Article - in content
Advertisement

މިޒިޔާރަތުގެ ގޯތިތެރޭގައި އައްސުލްޠާނު ސައްޔިދު މުޙައްމަދު ޝަމްސުއްދީނު މަހާނަވެސް އެބަހުއްޓެވެ. މީލާދީން 1692ވަނަ އަހަރު ރަސްކަންކުރެއްވި މި ރަދުންނަށް ދިވެހިން ނިސްބަތްކުރާ ނަންފުޅަކީ ސައްޔިދު ރަސްގެފާނު ކަމަށާއި މި ރަދުންނަކީ ޢަރަބިކަރައިގެ ބޭފުޅެއް ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ހުސައިންފުޅު 05އޭޕްރީލް2021

އެއީ އެޒިޔާރަތް މާލޭގެ މެދަށް ވާގޮތަށް ހުންނާތީ ކަމަށް ބެލެވެނީ 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —