September 20, 2024 21:48
Advertisement

-Advertisement-

ކަށިކެޔޮ ކޭކު

ކަށިކެޔޮ ކޭކު ތައްޔާރު ކުރެވިދާނެ ރަހަމީރު ގޮތެއް!

ބޭނުންވާނެ ތަކެތި:

250ގ ބަޓަރ

250ގ ހަކުރު

Advertisement

250ގ ފުށް

6 ބިސް

2 ½ މޭޒުމަތީ ސަމުސާ ބޭކިނގް ޕައުޑާ

2 މޭޒުމަތީ ސަމުސާ ހިކި ކިރު

1 ½ ސައިސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފޮތިކޮށްފަ ހުރި ކަށިކެޔޮ

ސިރަޕް

1 ½ ކޮށާފަ ހުރި ކަށިކެޔޮ

½ ހަކުރު (ނުވަތަ ފޮނި ރަހަ ލާ ވަރަށް)

3 އިންޗީގެ 3 ރާނބާފަތްކޮޅު

ރަތް ކާކުލަ

ކޭކު ހަދާނެގޮތް:

ހަކުރު އެއްކޮށް ވިރެންދެން ބަޓަރާއެކު ގިރާލާނީއެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުން ގިރަމުންދާނީއެވެ. ދެން ބަޓަރުގަނޑު ތެރެއަށް ފުށް، ބޭކިންގ ޕައުޑަރ، ހިކިކިރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާފަ ގިރާލާށެވެ. ރަނގަޅަށް ކޭކް ބެޓަރ ގަނޑު ގިރުމަށްފަހު އޭގެ ތެރެއަށް މުގުރި ކަށިކެޔޮކޮޅު އަޅާފަ އެއްކޮށްލާށެވެ. ބަޓަރ އެއްކޮށް ތައްޔާރުވުމުން °180 ޓެމްޕަރޭޗަރުގައި ކޭކު ފިހާށެވެ.

ސިރަޕް ހަދާނެގޮތް:

ކަށިކެޔޮކޮޅު ތެރެއަށް ފެންފޮދެއް އަޅާ ވަރަށް ހިމުންކޮށް މުގުރާލުމަށްފަހު ނަރުތައް ޖެހުނަ ނުދިނުމަށްޓަކައި ފުރާނާލާށެވެ. އެއަށްފަހު ފުރާނާފައިހުރި ކަށިކެޔޮކޮޅު ތެއްޔަކަށް އަޅައި އޭގެ ތެރެއަށް ރާނބާފަތް އަދި ހަކުރު އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ކާކުލަކޮޅެއް އަޅާލާ އެއްކޮށްލާށެވެ.

ސިރަޕްކޮޅާއި ކޭކު ތައްޔާރުވުމުން ކުޑަކޮށް ހިހޫކޮށްލަން އިރުކޮޅަކު ބަހައްޓާށެވެ. އޭގެ ފަހުން ކޭކު މައްޗަށް ސިރަޕް ބޭނުންވާ ޑިޒައިންއަކަށް އަޅާލާށެވެ.

+1
0
+1
8
+1
0
+1
0
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް