Advertisement
header ad
XeeTimesXeeTimes
މިއީ ހަވާދުލީ ބިސް ބަދިގެ

މިއީ ހަވާދުލީ ބިސް

ބޭނުންވާތަކެތި:

2 ފިޔާ

3 ލޮނުމެދު

Article - in content
Advertisement

1 ހިކަނދިފަތް

1/2 ލުނބޯ

ގިތެޔޮމިރުސް

ހިކިމިރުސް

ވަޅޯމަސް (1/2 ޖޯޑު ވަޅޯމަސް)

މަސްދަޅު މަސް (މަސްދަޅެއްގެ ދެބައިކުޅަ އެއްބައި)

1/2 ކާށީގެ ހުނި

ލޮނު

ރީނދޫ

ފުށް

ތެޔޮ

1 މޭޒުމަތީ ސަމުސާ ހަވާދު (ދިވެހި ހަވާދު ހިމުންކުރުމަށްފަހު)

ޓޮމާޓޯ ޕޭސްޓް (1 ސައިސަމުސާ)

ތައްޔާރުކުރާނެ ގޮތް

ފިޔާ، ލޮނުމެދު، ހިކަނދިފަތް، ގިތެޔޮމިރުސް، ހިކިމިރުސް، ވަޅޯމަސް ކުދިކޮށް ކޮށާށެވެ. ކޮށި ހުރިހާ ބާވަތްތަކުގެ އިތުރަށް ލުނބޯހުތް، މަސްދަޅުމަސް އަދި ހުނީގެ އިތުރަށް ރީނދޫ، ލޮނު އެއްކޮށްގެން ރަނގަޅަށް މޮޑެލާށެވެ.

ފުށްގަނޑު ތައްޔާރުކުރުމަށް ފުށަށް ލޮނު، ތެޔޮ އަދި ހޫނުފެންއަޅައިގެން މޮޑެލާށެވެ. އެއަށްފަހު ފުށްގުޅަ ހެދުމަށްފަހު ފުށްގުޅައިގެ އެތެރެއަށް މޮޑުނު މަސްހުނި އަޅައި ބިހުގެ ބައްޓަމަށް ތައްޔާރުކުރާށެވެ.

ތެއްޔަކަށް ފެން އެޅުމަށްފަހު ފެން ކެކެން ފެށުމުން ތައްޔާރުކުރި ބިސްތައް އަޅާ ރޯފިލަންދެން ކައްކާށެވެ. ކެކުމުން ބިސްތައް ނަގާފައި ބަހައްޓާށެވެ.

ހަވާދުގަނޑު ތައްޔާރުކުރުމަށް ތަވާއަށް ތެޔޮއަޅާ ހޫނުވުމުން ކޮށާފައިހުރި ފިޔާ، ހިކަނދިފަތް، ލޮނުމެދު، ގިތެޔޮމިރުސް އެޅުމަށްފަހު ފިޔާ މޯޅިވަންދެން މަޑުގިނީގައި ކައްކާށެވެ. ފިޔާކޮޅު މޯޅިވީމަ ޓޮމާޓޯޕޭސްޓް، ލޮނު، ހަވާދު އެޅުމަށްފަހު ކެކެން ފެށުމުން ތައްޔާރުކުރި ބިސްތައް އަޅާށެވެ. ހަވާދު ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ. 5 ވަރަކަށް މިނިޓްއިން ކެކިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —