ބޭނުންވާތަކެތި:
1 ޖޯޑު ފުށް
2 ޖޯޑު ކާށިބޯކިރު
Advertisement
8 ބިސް
ކާށިތެޔޮ ނުވަތަ ކުކިންގ އޮއިލް
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ބިސް ތަޅާލުމަށްފަހު ތައްޓަކަށް އަޅާށެވެ. ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް ފޮނުއަރަންދެން ގިރާލާށެވެ. ފުށާއި ކިރު ވަކިން ރަނގަޅަށް ގިރާށެވެ. އެއަށްފަހު ދެބައި އެއްކޮށް ގިރާށެވެ.
ތަވާ އުނދުން މައްޗަށް އުދާފައި ހޫނުވުމުން ތަވާގައި ކުޑަތެޔޮފޮދެއް ހާކާފައި ތުނިކޮށް ދެފުށް ފޮޅިގޮތަށް ފިހެލާށެވެ.










