Advertisement
header ad
XeeTimesXeeTimes
ބިސްކަޓް ފަޖް ބަދިގެ

ބޭނުންވާނެ ތަކެތި:

½ 1 މޭޒުމަތީ ސަމުސާ ބަޓަރު

200ގ ކުކިންގ ޗޮކްލެޓް

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

½ ގެރިކިރު ދަޅު

2 މޭޒުމަތީ ސަމުސާ ޑާކް ޗޮކްލެޓް ފްރޮސްޓިންގ

ފުލް ކްރީމް މިލްކް ނުވަތަ ވިޕިންގް ކްރީމް

މާރީ ބިސްކޯދު

ޗިޕްސްމޯ ބިސްކޯދު (ފިޔާތޮށި ކުލަ)

އޯރިއޯ ބިސްކޯދު (ވެނީލާ ނުވަތަ ޗޮކްލެޓް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވައަކަށް އެޅުމަށްފަހު ކުކިންގް ޗޮކްލެޓް ބަޓަރ ކޮޅާއި އެއްކޮށް މެލްޓް ކޮށްލާށެވެ. އެއަށްފަހު މެލްޓުކުރި ޗޮކްލެޓް ތެރެއަށް ކޮކޯ ޕައުޑަރ، ގެރިކިރު، ޗޮކްލެޓް ފްރޮސްޓިންގް އަދި މިލްކް (ދިޔާކުރަން ބޭނުންވާ ވަރަކަށް)، ނުވަތަ ވިޕިންގް ކްރީމް  އަޅައި ކައްކާލާށެވެ. ދެން ޓްރޭއެއްގައި ފުރަތަމަ މާރީ ބިސްކޯދު ކުޑަ ކިރުކޮޅެއް ތެރޭގައި ކުޑަކުޑަކޮށް ފޯކޮށްލާފައި އަތުރާލާށެވެ. ދެން މާރީ ބިސްކޯދުގެ މައްޗަށް ޗޮކްލެޓް ލޭޔަރ އެއް އަޅާލާށެވެ. އެއަށްފަހު ޗޮކްލެޓް ލޭޔަރ މަތީ ޗިޕްސްމޯ ބިސްކޯދު ކުޑަ ކިރުކޮޅެއް ތެރޭގައި ކުޑަކުޑަކޮށް ފޯކޮށްލާފައި އަތުރާލާށެވެ.

އަދި ޗިޕްސްމޯ މައްޗަށް ޗޮކްލެޓް ލޭޔަރ އެއް އަޅާލާށެވެ. އެއަށްފަހު އޯރިއޯ ބިސްކޯދުވެސް ކުޑަ ކިރުކޮޅެއް ތެރޭގައި ކުޑަކުޑަކޮށް ފޯކޮށްލާފައި އަތުރާލާށެވެ. އޯރިއޯ ބިސްކޯދު މައްޗަށް އަނެއްކާވެސް ޗޮކްލެޓް ލޭޔަރ އެއް އަޅާލާށެވެ. ދެން މި ތަރުރީބުން ރިޕީޓް ކުރަމުން ލޭޔަރ ކުރަމުން ދާށެވެ. ނިންމާލަމުން އެންމެ މައްޗަށް އޯރިއޯ އަދި ޗިޕްސްމޯ ކުނޑިކޮށްފަ އަޅާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —