Advertisement
header ad
XeeTimesXeeTimes
ނާން ތައްޔާރުކުރާނެ ގޮތް ބަދިގެ

ނާން ތައްޔާރުކުރާނެ ގޮތް

ނާން އަށް ބޭނުންވާނެ ތަކެތި:

4 ޖޯޑު ފުށް

¼ ޖޯޑު ފެން (ހިހޫ ފެން)

Article - in content
Advertisement

½ 2 ސައިސަމުސާ އިންސްޓަންޓް އީސްޓް

1 މޭޒުމަތީ ސަމުސާ ހަކުރު

½ ޖޯޑު ޕްލެއިން ޔޯގަޓް

1 ސައިސަމުސާ ލޮނު

4 ލޮނުމެދު (ގާނާފައި)

ބަޓަރ އަށް ބޭނުންވާނެ ތަކެތި:

4 ލޮނުމެދު (ގާނާފައި)

ކޮރިއަންޑާ ފަތް

70ގ ބަޓަރ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތައްޓަކަށް ފުށް، އީސްޓް، ހަކުރު، ލޮނު، ލޮނުމެދު، ޔޯގަޓް އަދި ފެން އަޅާފައި ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ތަށީގެ މަތި ފޮތިގަނޑަކުން ނިވާކުރުމަށްފަހު 1 ގަޑިއިރު ވަންދެން ފުށްގަނޑު ފުފެންދެން ބަހައްޓާށެވެ. ފުށްގަނޑު ފުފެންދެން ބެހެއްޓުމަށްފަހު ބަޓަރގަނޑު ތައްޔާރުކޮށްލާށެވެ. އެގޮތުން ގާނާފައިހުރި ލޮނުމެދު އަދި ކޮރިއަންޑާ ފަތް ކުދިކޮށް ކޮށާލުމަށްފަހު ބަޓަރ އާއެކު އެއްކޮށްލާށެވެ.

ފުށްގަނޑު ފުފުމުން ފުށްގުޅަ ޖެހުމަށްފަހު ފަހަރަކު ގުޅައެއް ނަގާ ރޮށި ދަމާ އެއްޗަކުން ދަމާލާށެވެ. ދެން ނާނުގެ އެއްފުށުގައި ފެން ފޮދެއް ހާކާލާށެވެ. އަދި ރޮށި ފިހާ ތަވާ ހޫނުކުރުމަށްފަހު ނާނުގެ ފެންހޭކި ފަރާތް ތަވާގައި ތަތްކޮށްލާށެވެ. ތަތްކޮށްލި ފުށް ރޯފިލީމަ އަނެއް ފުށުގައި އެއްކުރި ބަޓަރކޮޅެއް ހާކާލާށެވެ. އެއަށްފަހު ތަވާ އުނދުން މަތިން ނަގާފަ، ތަވާ އަނެއްފުށަށް (ބަޓަރ ހޭކި ފުށް) ޖަހާފަ، ބަޓަރ ހޭކިފުށް އަލިފާންގަނޑުގައި ޖައްސާފައި ފިހެލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —