Advertisement
header ad
XeeTimesXeeTimes
އަލިފާނުގެ ހާދިސާގައި 22 އިންސައްތަ ވަނީ ފިހިފައި، ސަމާލުވޭ!

އަލިފާނުގެ ހާދިސާގައި 22 އިންސައްތަ ވަނީ ފިހިފައި، ސަމާލުވޭ!

މެއިމަހުގެ 4ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ވެރިރަށް މާލެއަށް އުފަން މަރްޔަމް ނީމާ މުޙައްމަދު ދިރިއުޅޭ އެޕާޓްމަންޓްގެ ބަދިގޭގައި ކައްކަން ހުއްޓާ ވަނީ ގޭސްއުދުނުގެ ހުޅުގަނޑު ކުއްލިއަކަށް ބޮޑުވެ ހަށިގަނޑުގެ 22 އިންސައްތަ ފިހިފައެވެ. އެކަނިވެރިމައެއް ކަމުގައިވާ ނީމާ ބަދިގެއަށް ކައްކަން ވަނީ 11 އަހަރުގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށްއައިސް ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ.

" ކައްކަންހުއްޓާ ކުއްލިއަކަށް ހުޅުގަނޑު ފަޅައިގެންގޮސް ބޮލާއި ހަމައަށް އެރި ހުޅުގަނޑު. މޫނަށްވެސް ހޫނުވި ދެންވީގޮތެއް ނޭގުނު. އެހީއަށް އެދި ގޮވީ ތެޅިފޮޅެމުން. އޭޑީކޭ ހޮސްޕިޓަލަށް ގެނައީ ޢާއިލާގެ މީހުންނާއި ފުލުހުންގެ އެހީތެރިކަމާއިއެކު. އަދި ހޮސްޕިޓަލުން ގެއަށް ދޫކުރާނެ ދުވަހެއް ނޭގޭ" އަންގާރަ ދުވަހުން ފެށިގެން އިތުރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނީމާ 'ޒީޓައިމްސް' އަށް ހާދިސާ ހިނގިގޮތް ކިޔައިދެމުން ބުންޏެވެ.

ނީމާ އަށް ލިބުނު ގެއްލުންތައް ކިޔައިދެމުން ބުނީ އެންމެބޮޑަށް ފިހިފައިވަނީ 2ފައިގެ ފަލަމަސްގަނޑުން ތިރި ކަމަށެވެ. " ބުމަ އާއި އެސްފިޔައިގެ ބައެއް އިސްތަށިނެތް. އަދި 2ފައިގެ ފަލަމަސްގަނޑުން ތިރީގައި ބޮޑެތި ފޮޅުތަކެއް ވަނީ ނަގާފައި. އިށީންނަންވެސް އުދަގޫ. އަތުންވެސް ތަންކޮޅެއް އަދި ނޭފަތުގެ ތިރިންނާއި ތުންފަތުންވެސް ބައެއް ވަނީ ފިހިފައި" ޒީޓައިމްސް އަށް ލިބުނު ފޮޓޯތަކުންވެސް ވަރަށްބޮޑަށް ފިހިފައިހުރިތަން ވަނީ ފެނިފައެވެ.

Article - in content
Advertisement
އަލިފާނުގެ ހާދިސާގައި ބުމައާއި އެސްފިޔަތައް ވަނީ ފިހިފައި

މިހާދިސާ ދިމާވިގޮތް ކިޔައިދެމުން ނީމާ ބުނީ ލަފާކުރެވެނީ ގޭސް ލީކުވެގެން ދިމާވި ހާދިސާއެއްކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނީ ކިހިނެއްކަމެއްވެސް ނީމާގެ ހަނދާނަކުނެތެވެ. ބޮޑަށް ބެލެވެނީ އޮޓޯއިން ނިވުނީ ކަމަށް ވަނީ ބުނެފައެވެ.

" މޯލްޑިވްސް ގޭސް އިން ގޭސްފުޅި ގެނައީ މިމަހު 3ވަނަ ދުވަހު. ދަގަނޑު ގޭސްފުޅިއެއް ގެނެސް ގުޅީ އެގެނެސްދިން މީހާ ލައްވާ. އެޕާޓްމަންޓް އަކީ އަލަށް ކުލަލާ އަދި ބަދިގެ ފަރުނީޗަރުވެސް އާކޮށްފަހުރި ތަނަކަށްވުމުން ގޭސް ލީކުވިއަސް އަޅުގަނޑަށް އެވަސް ފާހަގަނުކުރެވުނީ ކަމަށް ވެދާނެ. އަޅުގަނޑު މޯލްޑިވްސް ގޭސް އަށް ގުޅާފަ ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނިން. ބުނިން ވަކި މީހަކު ކުށްވެރިކުރަނީކީ އެއް ނޫނޭ. އެތަނުން މަޢާފަށް އެދުނު"

ނީމާ ދިރިއުޅުނު އެޕާޓްމަންޓް މަރާމާތު ކުރުމަށްފަހު އަލުން އެ އެޕާޓްމަންޓްގައި ދިރިއުޅެންފެށީ މެއިމަހުގެ 1ވަނަ ދުވަހުގައެވެ. އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަށް ގެއްލުން ނުވާކަމަށް ވަނީ ބުނެފައެވެ.

އުމުރުން 40 އަހަރުގެ ނީމާ އަކީ ތަޢުލީމް ހާސިލްކޮށްގެން އަމިއްލަ މަސައްކަތުން ދިރިއުޅެމުން އައި މީހެކެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ދިރިއުޅުމަށް ވަނީ އޭގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކޮށްފައިކަމުގައި ވަނީ ބުނެފައެވެ.

" އަޅުގަނޑު ފުރަތަމަ ޑިގްރީ ހެދީ ކޮމްޕިއުޓަރ ސައިންސް އިން މެލޭޝިއާ އިން. އަދި އެމްއައި ކޮލެޖުން ވެސް ވާނީ ގްރެފިކްސް ޑިޒައިނިންގ މަލްޓިމީޑިއާ ޑިގްރީ ކޯހެއް ފުރިހަމަކޮށްފައި. އެކަމަކު ވަޒީފާއެއް ނުލިބޭ. ދަރިފުޅު ބަލަން ގޭގައިހުރެ އާމްދަނީ ހޯދީ ޓިއުޝަންދީގެން. ކޮވިޑްގެ ހާލަތުގެ ސަބަބުން ޓިއުޝަން ހުއްޓުމަކަށް އައުމުން އެކަނި ހުރިހާ ހަރަދުތަކެއް ހަމަޖައްސަމުންދާތީވެ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު" ނީމާ ފާހަގަކުރިއެވެ.

އެކަނިވެރިމައެއް ކަމުގައިވިއަސް ސަރުކާރުން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ނީމާ އަށް ނުލިބުމަކީވެސް ދަރިފުޅުގެ ހަރަދުތައް ހަމަޖެއްސުމަށް ދިމާވާ ގޮންޖެހުމެއް ކަމަށް ބުންޏެވެ.

" 2017ވަނަ އަހަރު އެކަނިވެރި މައަކަށްވީ. 2ފަހަރު ހުށަހެޅިން އެ އެލަވަންސް ހޯދަން. ފުރަތަމަ ފަހަރު ބުނީ ލިބެން ނެތް ކަމަށް. 2ވަނަ ފަހަރު ބުނީ އެ ކެޓަގަރީއަށް ނުފެތޭ ކަމަށް" އެލަވަންސް ލިބޭނެގޮތެއް ވުމަކީ ނީމާގެ ދެމައިންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ލުއިކަމެއް ލިބޭނެކަމެކެވެ.

އަލިފާނުގެ ހާދިސާ ހިއްސާކުރަމުން ނީމާ ފާހަގަކުރިގޮތުގައި މިހާދިސާ ހިއްސާކުރުމުގެ އެންމެބޮޑު ބޭނުމަކީ މިފަދަ ހާދިސާތައް އިތުރުވެ އޭގެ ސަބަބުން ގެއްލުންތަކެއްވަމުންދާތީ މީހުން ހޭލުންތެރިކުރުވުމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭންޖެހެއެވެ.

" މާތްﷲ ގެ ކުޅަދުންވަންތަކަމުން އަޅުގަނޑު މަރުނުވެ އަދި އެޕާޓްމަންޓް އަށް ގެއްލުންނުވެ ސަލާމަތްވީ. ގޭސްފުޅި ގޮވިނަމަ ކިހިނެއްވާނެ. އެ ގޭސްފުޅި ގެންގޮސް ގޭސް ހުސްކޮށްފަ އެމްއެންޑީއެފް އިން ވަނީ އަލުން ގެނެސްދީފަ. ހާދިސާ ހިނގިގޮތް ފުލުހުންވެސް ވަނީ ތަހުޤީޤްކޮށްފައި. އެންމެ އުފާވީ މިހާދިސާގައި ދަރިފުޅަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވުމުން" ފުލުހުންނާއި ސިފައިންނަށް ޝުކުރު އަދާކުރަމުން ނީމާ ކިޔައިދިނެވެ.

ނޯޓް: ނީމާ އަކީ ބުރުގާ އަޅާ މީހަކަށްވުމުން ބޮޑަށް ފިހިފައިހުރި ތަންތަނުގެ ފޮޓޯ މިވެބްސައިޓުގައި ނުޖަހަން ނިންމީއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Fathun 09މެއި2021

Neema ah avas shifa eh minvaru kurahvaashi.. Aameen

Nahu 09މެއި2021

Shafakallah

123 09މެއި2021

Magey hiyaalu. Rakkaatheri kamahtakaa konmefaharakuves gasfulhi badhalukuraairu gas leek nuvaakan yaqeen kurey 1

123 09މެއި2021

Mihaaru gas fulhithakuga massala ulheneetha. Migeah genai gasfulhi ehves leekvaathee gulheema bunee MNDF in emeehunah gulhaafa .huneemayo badhalukoh dheveynee

ކާތިއާ 09މެއި2021

މިގެއަށް ވެސް މީގެ ދެދުވަސް ކުރިން ގޭސް ފުޅިއެއް ގެނެސް ގުޅި ތަނާ ލީކްވާން ފެށި! ފުޅި ހިފައިގެން މޯލްޑިވް ގޭސް އަށް ދިޔުމުން ބޫނީ ތީ މިހާރު ވަރަށް ގިނައިން ވާކަމެކެވެ. އަދި އާ ގޭސް ފުޅިއެއް ދިނެވެ. މީ ކިހާ ނުރައްކާ ކަމެއް ކަން އެމީހުނަން ނޭގެނީ ބާ؟

ޖާބޭ 09މެއި2021

އަވަސް ޝިފާއެއް މިންވަރު ކުރައްވާށި 1

F 08މެއި2021

Neema ah awas shifaa akah edhen. Egeyga huree kon brand eh ge undhuneh Kan Saafu kurevidhaanetho 2

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —