ބޭނުންވާނެ ތަކެތި:
80ގ ބަޓަރ
2 ޖޯޑު މުގުރާފަ ހުރި އޯރިއޯ ބިސްކޯދު (ކްރީމްކޮޅު ނަގާފަ)
Advertisement
2 ޖޯޑު މާޝްމެލޯ
3 މޭޒުމަތީ ސަމުސާ ހަކުރު
ޗޮކްލެޓް ޗިޕްސް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ބަޓަރކޮޅު ދިޔާކޮށްލުމަށްފަހު އޯރިއޯ އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސްކޯދުތައް ޓްރޭގައި އަޑި އެއްކޮށް ފޮރުވޭވަރަށް ފަތުރާލާށެވެ. ދެން ބިސްކޯދުތައް މަތީ މާޝްމެލޯތައް އަތުރާލާށެވެ. މާޝްމެލޯތައް އަތުރާ ނިމުމުން ޓްރޭ އަވަނަށް ލުމަށްފަހު މާޝްމެލޯތައް ކުޑަކޮށް ރަތްވެ މެލްޓުވާން ފެށުމުން ނަގާށެވެ. ދެން ހަކުރު ތެއްޔަކަށް އަޅާ ކެރަމަލް ކޮށްލާށެވެ. ރަނގަޅަށް ކެރަމަލްވުމުން ކެރަމަލްގަނޑު މާޝްމެލޯތައް މައްޗަށް އެކި ދިމަދިމާލަށް އަޅާފައި އޭގެ މައްޗަށް ޗޮކްލެޓް ޗިޕްސް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް އަވަންތެރެއަށްލާ ކުޑަ އިރުކޮޅަކު ބެހެއްޓުމަށްފަހު ނަގާށެވެ.









