Advertisement
header ad
XeeTimesXeeTimes
މާޝްޑްޕޮޓޭޓޯ އާއި ކުކުޅު ތައްޔާރު ކުރެވިދާނެ ފަސޭހަގޮތެއް! ބަދިގެ

މާޝްޑްޕޮޓޭޓޯ އާއި ކުކުޅު ތައްޔާރު ކުރެވިދާނެ ފަސޭހަގޮތެއް!

މާޝްޑްޕޮޓޭޓޯ ތައްޔާރުކުރުމަށް ބޭނުންވާތަކެތި:  
• 4 އަލުވި
• ރަހަލާވަރަށް ލޮނު ކޮޅެއް
• 3 ސައިސަމުސާ އަސޭމިރުސް
• ޗީޒް
• 1 ފުލް ކްރީމް މިލްކް ޕެކެޓް ( 180މިލިގްރާމް)
• ކޮރިއަންޑާ ފަތް (ބަދަލުގައި ހިކަނދިފަތްވެސް ބޭނުން ކުރެވިދާނެ)

ތައްޔާރުކުރާނެ ގޮތް: ފެންތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު ލޮނުކޮޅެއް އަޅާލާށެވެ. އެއަށްފަހު އަލުވިތައް މަޑުވަންދެން ފެނުގައި ކައްކާލާށެވެ. އަލުވިތައް ރަނގަޅަށް މަޑުވުމުން ފެން އޮއްސާލުމަށްފަހު އުނދުޅިއަކުން ނުތަވަ ބޮޑު ސަމުސަލަކުން ރަނގަޅަށް އަލުވިތައް ޗަސްކޮށްލާށެވެ. އުނދުން ނިވާލާފައި ބަހައްޓައިގެން ފުލްކްރީމް މިލްކްޕެކެޓެއް އަޅާލާށެވެ. އަދި ދެފޮތި ސްލައިސްޑް ޗީޒްވެސް އެއްކޮށްލާށެވެ. ބަޓަރުކޮޅެއް ބޭނުންނަމަ އެއްކޮށްލެވިދާނެއެވެ. (ބަޓަރު ނައަޅާ ފުލްކްރީމް މިލްކް އަދި ޗީޒް އެކަނި އަޅައިގެންވެސް ވަރަށް މީރުވާނެއެވެ.) ދެން ބޭނުން މިންވަރަކަށް ކުޅިރަހަ ހެޔޮވަރުވާ މިންވަރަކަށް އަސޭމިރުސް އެއްކުރުމަށްފަހު ދެތިން ކޮރިއަންޑާ ފަތް ކުދިކޮށް ކޮށާލާފައި އެއްކޮށްލާށެވެ. ކޮރިއަންޑާ ލިބެންނެތްނަމަ ހިކަނދިފަތްކޮޅެއް ހިމުންކޮށް ކޮށާލާފައި އެއްކޮށްލުމުންވެސް ރަނގަޅުވާނެއެވެ. މިތަކެތި އެއްކޮށްގެން އޮލަވަންދެން މަޑުގިނީގައި ކައްކާލާށެވެ. 


މާޝްޑްޕޮޓޭޓޯއާއި އެކު ކާލަން މީރު ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތް:
ކިއުކަންބާ، ލެޓިއުސްފަތް ނުވަތަ ކޮޕީފަތް، ކެރެޓް ކެބެޖް ކުދިކޮށް ކޮށާލުމަށްފަހު އެއްކޮށްލާނީއެވެ.


މާޝްޑްޕޮޓޭޓޯއާއި އެކު ކާލަން ކުޅުޅު މަސްކޮޅެއް ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ގޮތެއް:

Article - in content
Advertisement

ބޯންލެސް ޗިކަން ފިނިކަން ކަނޑުވާލުމަށްފަހު ތިންއިންޗިއެއްހާ މިންވަރަށް ވަޅިން ބުރިކޮށްލާށެވެ. އަސޭމިރުސްކޮޅަކާއި ލޮނުކޮޅަކާއި ލުނބޯ ހުތްކޮޅެއް އަދި ޒައިތޫނިތެޔޮފޮދެއްގެ ތެރޭގައި އެއްކޮށްލުމަށްފަހު ކުކުޅުގައި ހާކާލާނީއެވެ. އެއަށްފަހު އުނދުންމަތީގައި ތަވާ ބަހައްޓައިގެން މަޑުގިނީގައި މަޑުމުށި ކުލައެއް ނުވަތަ ގަދަރަތް ކުލައެއް އަރަންދެން ކުކުޅުކޮޅު ފިހެލާނީއެވެ. 15 ވަރަކަށް މިނިޓުން ކުކުޅުކޮޅު ފިހެލެވެނޭއެވެ. ތަވާގެމަތި ޖަހައިގެން ފިހެލަން ހަނދާން ކުރަންވާނެއެވެ. އަދި ދެފުށް ވަކިން ފިހެލަންވާނެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —