Advertisement
header ad
XeeTimesXeeTimes
މަޝްރޫމް އެންޑް އެގް ސޫޕް ބަދިގެ

މަޝްރޫމް އެންޑް އެގް ސޫޕް

ބޭނުންވާތަކެތި

200ގ މަޝްރޫމް ތުނިކޮށް ކޮށާފައި

3 ލޮނުމެދު ހިމުންކޮށް ކޮށާފައި

Article - in content
Advertisement

1 ފިޔާ ހިމުންކޮށް ކޮށާފައި

1500 އެމްއެލް ވެޖްޓަބަލް ސްޓޮކް ހޫނުކޮށްހުރި

50ގ ކެރެޓް ހަނިދިގަށް ކޮށާފައި

50ގ ލީކްސް ކޮށާފައި

2 ބިސް

50ގ ކެބެޖް ކޮށާފައި

1 ސައިސަމުސާ ބަޓަރ

ވައިޓް ޕެޕަރކޮޅެއް

ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތެލީގެ އެތެރެއަށް ބަޓަރުކޮޅެއް އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. ދިޔާވީމަ ފިޔާ، ލޮނުމެދު، މަޝްރޫމް އަޅާލުމަށްފަހު ފިޔާކޮޅު ރަތްވަންދެން ދޭފަތުން އެއްކުރަމުންދާށެވެ. ކެރެޓް، ކެބެޖް، ލީކްސް އަދި ލޮނާއި އަސޭމިރުސްވެސް އެއްކޮށްލާށެވެ. އެބައިވެސް ކުޑަކޮށް ހަނާވީމަ އުނދުންމަތިން ބާލާފައި ތެއްޔަކަށް ވެޖްޓަބަލް ސްޓޮކް އަޅާފައި އެއްކޮށްލާށެވެ. ބިސް ގިރާފައި އެއްކޮށްލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —