November 22, 2024 04:17
Advertisement

-Advertisement-

ބަލިވެއިނުމަށްޓަކައި ހަށިގަނޑު ސިއްޙީ ގޮތުން ތައްޔާރުކުރުން!

ބަލިވެއިނުމަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފޯލިކް އެސިޑް ސަޕްލިމެންޓެއް (500 މައިކްރޯގްރާމް/0.5 މިލިގްރާމް) ކޮންމެ ދުވަހަކު ބޭނުންކުރަން ފަށާށެވެ. ފޯލިކް އެސިޑަކީ މާބަނޑުވުމުގެ ފުރަތަމަ ތިންމަސްދުވަހުގެ ކުރިންނާއި ބަލިވެއިނުމުގެ ފުރަތަމަ ތިންމަސްދުވަހުގައި ބޭނުންކުރުން ވަރަށް މުހިއްމު މާއްދާއެކެވެ.  

އަދި ފޯލިކް އެސިޑް ގިނަ އަދަދަކަށް ހިމެނިފައިވާ ފެހި ތަރުކާރީއާއި ގޮވާންފަދަ ކާބޯތަކެތި ގިނައިން ކެއުމުގައި ހިމަނާށެވެ. ފޯލިކް އެސިޑް ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމުގެ އިތުރުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް' ނުވަތަ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެން ވާގޮތް ނޫންގޮތްގޮތަށް އުފެދެއެވެ.

މިގޮތުން ހޯދުންތަކުން ދައްކާގޮތުގައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ގަވާއިދުން ބޭނުންކުރުމުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް'ގެ 70 އިންސައްތަ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ.

Advertisement

ނިއުރަލް ޓިއުބަކީ ގަރުބަގަތުމަށްފަހު ފުރަތަމަ ދޮޅުމަހެއްހާ ދުވަހުގެތެރޭގައި ބެދިގެންދާ ހޮޅިއެކެވެ. މިމުއްދަތުގެތެރޭގައި މި ހޮޅި ބެދުމަށްފަހު ތުއްތުދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެންފަށައެވެ. 'ނިއުރަލް ޓިއުބް' ބެދޭއިރު އެއްވެސް ހިސާބެއްގައި ހީނަރުކަމެއް އަތުވެއްޖެނަމަ މިމައްސަލަ ހުރި ހިސާބެއްގެ ގޮތުން، ސިކުނޑިން ނުވަތަ މައިބަދައިން ބައެއް ނިކުމެފައި ހުރުމުގެ އިތުރުން އެހެނިހެން ތަފާތުތައް ހުރުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ދަރިފުޅަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.

ބައެއް ފަހަރަށް ބަލިވެއިންކަން އެނގެނީ ބަލިވެއިންނަތާ ދެމަސް ނުވަތަ ތިންމަސް ފަހުންނެވެ. އެހެންކަމުން ބަލިވެ އިނުމަށް ތައްޔާރުވީންސުރެ ފޯލިކް އެސިޑް ބޭނުންކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ. އަދި ބަލިވެއިންއިރު ފޯލިކް އެސިޑް ބޭނުންކުރަން ފަށައިފައިނުވާނަމަ ބަލިވެއިންކަން އެނގޭ ވަގުތުން ފެށިގެން ވީއެންމެ އަވަހަކަށް ފޯލިކް އެސިޑް ބޭނުންކުރަން ހަނދާންކުރަންވާނެއެވެ.

 

މަސްދަރު: މަންމައާއި ކުޑަދަރިފުޅުގެ ކާނާ (ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލައިފައިވާ ފޮތެއް)

+1
0
+1
6
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް