Advertisement
header ad
XeeTimesXeeTimes
ތާރީޚް: ތަބްރޭޒުގެފާނު މަޤާމްފުޅު ތާރީޚް

ތާރީޚް: ތަބްރޭޒުގެފާނު މަޤާމްފުޅު

ބ.ކެންދޫގައި ތަބްރޭޒުގެފާނަށް ނިސްބަތްވާ ކަމަށް ބުނެއުޅޭ މަޤާމްފުޅެއް ހުރެއެވެ. މިމަޤާމްފުޅާއި ގުޅޭގޮތުން ވާހަކައެއް ރިވާވެގެން އައިސްފައިވެއެވެ. މިވާހަކައިގައި ބުނެވޭގޮތުގައި މީލާދީން 1153ވަނަ އަހަރު ރާއްޖެ އިސްލާމްކުރެއްވި އައްޝައިޚު އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެންމެ ފުރަތަމަ ވަޑައިގަތީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށެވެ. މާލެވަޑައިގަތީ އޭގެ ފަހުގައެވެ.

ތަބުރޭޒުގެފާނު މަޤާމްފުޅު ފޮޓޯ: މެރިހާނާ

ޔޫސުފު ސަމްސުއްދީން ތަބްރޭޒީގެ ނަމުގައިވާ މަޤާމްފުޅަކީ ކެންދޫގެ ރައްޔިތުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި މަޑުކުރައްވައި ނަމާދު ކުރެއްވުމަށް ހުންނެވިތަން ފާހަގަކުރެއްވުމުގެ ގޮތުން ހަދައިފައިވާ ބިނާއެއް ކަމަށް ބުނެވެއެވެ.

މިރަށުގައި އާސާރީ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ މި މަޤާމްފުޅަކީ 3715.21 އަކަފޫޓުގެ ތާރީޚީ ބިނާއެކެވެ. މިތަން އަޅާނުލެވި ދޫކޮށްލެވިފައިވުމުން ވަރަށްބޮޑަށް ބާވެ ވަށައިގެންހުރި ބޮޑުފާރު ވަނީ ވެއްޓިފައެވެ.

Article - in content
Advertisement

މި ބިނާ އަށް 500 އަހަރަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށް ލަފާކުރެވެއެވެ.

 

މަޢުލޫމާތު: ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —