Advertisement
header ad
XeeTimesXeeTimes
ޖުވޭ ހަލުވިދާ ކައްކަނީ މިގޮތަށް! ބަދިގެ

ޖުވޭ ހަލުވިދާ ކައްކަނީ މިގޮތަށް!

ބޭނުންވާތަކެތި:

1 ޕެކެޓް ހަލުވިދާ (15ގ)

1 ލީޓަރ ފެން

Article - in content
Advertisement

200ގ ހަކުރު

ކާށީގެ ބޯކިރު (100ގ ކޮކްނަޓް މިލްކް ޕައުޑަރ)

ފެހިކުލަކޮޅެއް

2 މޭޒުމަތީ ސަމުސާ ފިނިފެން

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާށެވެ. ކެކިގަތުމުން ހަލުވިދާ ކުދިކޮށް ކޮށާފައި އެއްކޮށްލާށެވެ. ހަކުރުވެސް އެއްކުރާށެވެ. ހަލުވިދާކޮޅު ވިރެންދެން ދޭފަތުން އެއްކުރަމުން ކައްކާށެވެ.

ހަލުވިދާކޮޅު ވިރުމުން ކާށިކިރު އޮލަކޮށް ފެންފޮދެއްގައި ގިރާފައި ފިނިފެނާއި ކުލަކޮޅު އަޅާފައި އެއްކޮށްލާށެވެ. ފުރާނަމުން ޓްރޭއަށް އަޅާފައި ބަހައްޓާށެވެ. ބޭނުންނަމަ ކަނަމަދު ފަޅިކޮށްފައި ނުވަތަ ކެޖޫނަޓް އޭގެ މައްޗަށް އަޅައިލެވިދާނެއެވެ. ހަލުވިދާވެސް ތަފާތު ގޮތްގޮތަށް ކައްކައެވެ. މިއީ ކާށިކިރު ބޭނުންކޮށްގެން ޖުވޭ ކައްކާގޮތެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —