September 19, 2024 23:36
Advertisement

-Advertisement-

ސިނގިރެޓް ބުއިން ހުއްޓާލުމަށް އަސޭމިރުސް ތެލުގެ ވަސް ބަލާލާ!

އަސޭމިރުސް ބޭނުންކުރެވޭ ކަންތައްތަކަށް ބަލާއިރު، އަސޭމިރުހުގެ އެސެންޝިއަލް އޮއިލް އަކީ ވަރަށް ގިނަ ކަންކަމަށް ބޭނުން ކުރެވޭ އެއްޗެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީސަލްސް ބަލީގެ ފަރުވާއަކަށް އަސޭމިރުސް ތެޔޮ ހަންގަނޑުގައި އުނގުޅުމަށް ބޭނުންކުރެވެއެވެ. ސިނގިރެޓް ބުއިން ހުއްޓުމަށް މިތެލުން ވަސްބެލުމަށާއި ކާއެއްޗެހި ހަޖަމުކުރުމަށް ދަތިވާ މީހުންނަށް ޝިފާއަކަށް އަސޭ މިރުސް ތެޔޮ ބޭނުންކުރެވެއެވެ. އަސޭމިރުސް ތެލުން އަރާ ތޫނު އާވި ވަހުގެ ޒަރިއްޔާއިން މިކަންކަމަށް އެހީތެރިކަން ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

އަސޭމިރުހަކީ އަސޭމިރުސް ގަހުގައި އަޅާ މޭވާއެވެ. އަސޭމިރުސް ގަސް ހުންނަނީ ވެޔޮގަނޑެއްހެންނެވެ. ގަހުގައި އަޅާ އޮށް އަވީގައި ހިއްކުމުގެ އިތުރުން އަވަންގައިވެސް ހިއްކެއެވެ. ހިއްކުމުން އަސޭމިރުސް ގޮތުގައި ބޭނުންކުރެވެއެވެ. އަސޭމިރުސް ނަގަނީ ގަހުގައި ފެހިކުލައިގައި ހުންނައިރުއެވެ. އަސޭމިރުސްގެ ކުލަ، ކަޅު ކުލައަށް ބަދަލުވަނީ އޮށް ހިއްކުމުންނެވެ.

އަސޭމިރުހުން އިންސާނާގެ ހަށިގަނޑަށް ކުރާ ފައިދާއަށް ބަލާއިރު، ކެންސަރާއި އާރތްރައިޓިސް ބަލި ހުންނަ މީހުންނަށް އަސޭމިރުސް ބޭނުންކުރެވެއެވެ. ހަޖަމްކުރުމަށް އެހީވެދޭއިރު، ހަނދާންނެތޭ ބަލި ހުންނަ މީހުންނަށްވެސް ބޭނުންކުރެވެއެވެ. ލޭމައްޗަށްދިއުމާއި ކޮލެސްޓްރޯލް އަދި ހިތުގެ ބަލިތަކަށްވެސް އަސޭމިރުހުން ފަރުވާ ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

Advertisement
+1
1
+1
3
+1
0
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް