ބޭނުންވާތަކެތި:
3 ބިސް
ލޮނު (ރަހަލާވަރަށް)
Advertisement
އަސޭމިރުސް (ރަހަލާވަރަށް)
ތެޔޮ (1 ސަމުސާ)
1 ޓޮމާޓޯ
1/2 ފިޔާ
ޗީޒް (1ފޮތި)
1/4 ރެޑް ޕެޕަރ
1/4 ގްރީން ޕެޕަރ
ތައްޔާރުކުރާނެގޮތް
ފިޔާ، ޓޮމާޓޯ، ރެޑް ޕެޕަރ، ގްރީން ޕެޕަރ ކުދިކޮށް (ބޭނުން ސައިޒަކަށް) ކޮށާށެވެ. އެއަށްފަހު ބޯތައްޓެއްގެތެރެއަށް އެޅުމަށްފަހު ކޮށި ހުރިހާ ބާވަތަކާއި ލޮނު އަދި އަސޭމިރުހާއި ބިސް ރަނގަޅަށް އެއްކޮށްލާށެވެ.
ތަވާގައި ތެޔޮފޮދެއް ހޭކުމަށްފަހު، ތަވާ ހޫނުވުމުން އެއްކުރި ހުރިހާބާވަތެއް ތަވާއަށް އަޅާށެވެ. ރޯފިލަން ކައިރިވުމުން ޗީޒް އަޅާފަ ފިހެލާށެވެ. ކުޑަކޮށް ހޫނުކޮށް ހުންނައިރު ކާލަން ވަރަށް މީރުވާނެއެވެ.









