September 21, 2024 02:45
Advertisement

-Advertisement-

ތާރީޚް: ގަމު ހައްތެލި

ލ. ގަން މުކުރިމަގު އަވަށުގައި އޮންނަ މުދިން ހިންނައިގައި ގަމު ހައްތެލި ނަމަކަށް ކިޔާ އުސްގަނޑެއް އެބަހުއްޓެވެ. މިތަނުގެ ވަށަމިނަކީ 300 ފޫޓެވެ. އުސްމިނަކީ 24 ފޫޓެވެ. މިތަނަށް މީހުން އެރުމުގެ ސަބަބުންނާއި، އަދި ކުރިން ލިބިފައިހުރި ގެއްލުންތަކުގެ ސަބަބުން މިތަން ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ.

މިއީ ކުރީ ޒަމާނުގައި ބުޑިސްޓު ދީނުގެ އެކުވެންޏެއް ހުރި ސަރަހައްދެކެވެ. 1922މ. ވަނަ އަހަރު އެޗް.ސީ.ޕީ.ބެލް މިތަން ކޮނެ ވަނީ ދިރާސާކޮށްފައެވެ. އެހެންނަމަވެސް މިއީ ފުރިހަމަ ސައިންޓިފިކް ކޮނުމަކަށް ނުވާތީއާއި މި ސަރަހައްދު ރައްކާތެރިކޮށްފައި ނުވުމުން ވަނީ ގެއްލުން ލިބިފައެވެ. މިތަނުން ނެގުނު ބައެއް ތަކެތި ސްރީލަންކާއަށް އެޗް.ސީ.ޕީ.ބެލް ވަނީ ގެންގޮސްފައެވެ.

2000ވަނަ އަހަރު ޖުލައިމަހުގެ ތެރޭގައި ގަމު ހައްތެލި ރައްކާތެރި ކުރުމަށްޓަކައި މި ސަރަހައްދާއި ދިމާ މޫދުގައި ވެލި ސިމެންތިން 550 ފޫޓުގެ ތޮށިގަނޑެއް ވަނީ ލާފައެވެ. އަދި 2003ވަނަ އަހަރު ވަނީ މިސަރަހައްދު ފާހަގަކޮށް އިން ވަކިކޮށްފައެވެ.

Advertisement

މަޢުލޫމާތު: ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

+1
0
+1
3
+1
1
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ހަތްތެލީގެ މިހާރުގެ އުސްމިނަކީ ގާތްގަނޑަކަށް 35 ފޫޓެވެ. ހަތްތެލީގެ އެންމެތިރީގެ ވަށަމިނަކީ ގާތްގަނޑަކަށް 315 ފޫޓެވެ. ހަތްތެލީގެ މައްޗަށް އަރަމުންދާވަރަކަށް ހިމަވަމުންގޮސް މިހާރު އެންމެ މަތީގެ ވަށަމިނުގައި ހުންނާނީ ގާތްގަނޑަކަށް 30 ހަކަށް ފޫޓެވެ.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް