އަހަރެންގެ އެއްބަނޑު އެއްބަފާ އިތުރު 2 ކުދިން ތިބެއެވެ. މަންމައާއި ބައްޕަ ވަރިވިއިރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އާއިލާ ރޫޅުމުގެ ކުރިން މަންމަ އާއި ބައްޕައާއި އެކު އަހަރެމެން އުޅެމުން ދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. އާއިލާ އާއި އެކީގައި ޗުއްޓީއަށް ރަށްރަށަށް ދިއުމާއި ރެސްޓޯރެންޓްތަކަށް ދިއުން ފަދަ ކަންތައްތަކަކީ އެއިރު އާންމުކަމެކެވެ.
އެހެންނަމަވެސް ފަހުން ހާލަތު މުޅިން ބަދަލުވީއެވެ. މަންމަ އާއި އެކީގައި އަހަރެމެން 3 ކުދިން މާލޭގެ އެއްކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުވިއިރު ބައްޕަ ދިރިއުޅެމުން ދިޔައީ އެހެން ގެއެއްގައެވެ. ފުރަތަމަ ދުވަސްކޮޅު ބައްޕަ އާއި ދިމާވިކަމުގައިވިއަސް ފަހުން ފަހުން އައިސް އެއްގޮތަކަށްވެސް ނުފެންނަން ފެށީއެވެ. ބައްޕައެއްގެ ލޯބިން އަހަރެމެން މަހުރޫމްވީއެވެ.
އަހަރެންގެ ޅަ ސިކުނޑިއަށް އެގޮތަށް ވާންޖެހުނު ސަބަބެއް އެއިރު ނުވިސްނެއެވެ. ވަށައިގެން ފެންނަމުން ދިޔައީ ކުލާސް ކުދިންނާއި އާއިލާގެ އެކި ކުދިންވެސް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަތަނެވެ. ސްކޫލަށް ގެންދަންޖެހުނަސް، ޑޮކްޓަރަށް ދައްކަންޖެހުނަސް ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ މަންމައެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ނިމުމަކަށް އައުމާއެކު ބައްޕަ އަދާކުރަންޖެހޭ ޒިންމާއަށް ވެސް ނިމުން އައީއެވެ.
ދުވަސްކޮޅެއް ފަހުން ފެނުނީ ބައްޕަ އެހެން މީހަކާއި ކައިވެނިކުރިތަނެވެ. އަހަރެއްހާ ދުވަސް ފަހުން ބައްޕައަށް އިތުރު ކުއްޖެއްވެސް ލިބުނީ އެވެ. އަހަރެމެން 3 ކުދިން ދިރިއުޅެމުން ދިޔައީ މަންމަ ވަޒީފާ އަދާކޮށްގެން ލިބޭ މަދު ލާރިކޮޅަށެވެ. ބައްޕަގެ ފަރާތުން މާބޮޑު ފައިސާގެ އެހީތެރިކަމެއްވެސް ނުލިބިއެވެ. މަންމަ އެކަމަކަށް ޝަކުވާއެއް ނުކުރެއެވެ. ލިބުނު މިންވަރަކުން ދެކޮޅު ޖައްސަމުން ދިޔައީއެވެ.
އެކަމަކު ދޮންމަންމައާއި ބައްޕައަށް ލިބުނު ދަރިފުޅާއެކު ބައްޕަ އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރު ސޯޝަލް މީޑިއާއިން ވެސް ދިޔައީ ފެންނަމުންނެވެ. އެ ފޮޓޯތައް ފެންނަ ކޮންމެފަހަރަކު ބައްޕަގެ ލޯބި އަހަރެމެންނަށް ނުލިބޭތީ އެކަމާ ހިތާ ހިތާ ޝަކުވާ ކުރެވެއެވެ. އެހެންނަމަވެސް މިއަދު މިވަނީ މަންމަގެ ބުރަމަސައްކަތުން އަހަރެމެންވެސް އަމިއްލައަށް ޒިންމާ އަދާކުރެވޭ ވަރަށް ބޮޑުވެފައެވެ.
ބައްޕައިންގެ ޒިންމާ ފުރިހަމައަށް އަދާކުރަމުންދާ ބައްޕައިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ. އެކަމަކު ބައްޕައެއްގެ ލޯބިން ދަރިން މަހުރޫމް ކުރުމަށްފަހު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައްޕައިންނަށް އަހަރެންގެ ހިތުގައިވާ ސުވާލުތައް ކޮށްލާނަމެވެ. ތިޔަ ބައްޕައިންގެ ލޯބިން އަހަރެމެން މަހުރޫމް ކުރިއިރު ހިތަށް އެއްވެސް އެއްޗެއް ނައަރަނީތޯއެވެ؟ މަންމަ އާއި ބައްޕަގެ ކައިވެނި ނިމުމަކަށް އައުމުގައި އަހަރެމެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ކުރިން ދިން އަޅާލުމާއި ލޯބި ކުއްލިއަކަށް ހުއްޓާލުމުން އަހަރެމެން ދެރަވާނެވަރު ހިތަށް އަރާހެއްޔެވެ؟ އަދި މުޖުތަމައުގައި އަހަރެމެން ބާކީވިވަރު ވަޒަންކުރެވޭ ހެއްޔެވެ؟ އަހަރެންގެ ދުޢާއަކީ ބައްޕައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބޭ ދަރިންކަމުގައި ހުރިހާ ދަރިންވުމެވެ.









Baeh mamma in vagu bitun nagaa firimiyhaa ah bust vyma amillayah varivegen ves ulhey.. aharen dhannan 3 kudhinge mamma eh ves amillayah varivegen ulheny.. kudhinge bappa kaiveni rujooa kuran edhumun ves beynumeh nuvey.. 1
Raajeygai Gina fahara anhenun onaanee goshadaafai den dakaanee firimeehaa gose kofai vaahakatha 1
Hama thigothah bappa bolah dhari jahaafa ulhey mainvess feney 7
Thiya kurumuga maa gothah hama alhugandu ge 3 dharinge Haalathu vs hureedhivehi firihenun varikurani Anbi.meehaa ekanyeh noon dharin ves varikurey Anbimeehaya eku. 5
V v boadu thedeh thi bunee 4
Thi Hama magey thindharinnahves dhimaavigoth .mikudhinge bappaves kanthah kuramun Anna goth..miadhu bodu dharifulhu samasa ah maves bunelei bappa ah gulhalanvee A gulhahitheh nuvey. Bappa nugulànya keekuranhey..dhen bunelee aslu 7 1
އާމީން 6