Advertisement
header ad
XeeTimesXeeTimes
އާގޮތަކަށް ތައްޔާރު ކުރެވިދާނެ ކުކުޅު ރޯލްސް، ވަރަށް މީރުވާނެ! ބަދިގެ

އާގޮތަކަށް ތައްޔާރު ކުރެވިދާނެ ކުކުޅު ރޯލްސް، ވަރަށް މީރުވާނެ!

ބޭނުންވާތަކެތި

ބޯންލެސް ޗިކަން ނުވަތަ 3 ޗިކަން ބްރެސްޓް

ޗީޒް (ސްލައިސް)

Article - in content
Advertisement

ކުކުޅު މަސް (ސްލައިސްކޮށް ވިއްކަން ހުންނަ)

3 ބިސް

3 ސައި ސަމުސާ އޮލިވް އޮއިލް

1.15 ލިޓަރ ކިރު  (ކާށިކިރު)

720ގ. ފާރޮށި ކުނޑި

450ގ. ފުށް

3 ސައި ސަމުސާ ބޭކިންގ ޕައުޑަރ

3 ސައި ސަމުސާ ލޮނު

3 ސައި ސަމުސާ ތެޅިމިރުސް

ތެޔޮ (ތެލުލުމަށް ބޭނުންކުރަން)

ތައްޔާރުކުރާނެ ގޮތް

ތުނިކޮށް ދިގުކޮށް ކުކުޅުމަސް ކޮށާލާށެވެ. ކުކުޅުމަސްކޮޅު ރަނގަޅަށް ފަތިކޮށްލުމަށް ކޮށާފައިހުރި ކުކުޅުމަސް މަތީގައި ރަބަރެއް އެޅުމަށްފަހު އެއްޗަކުން މަޑުމަޑުން ޖަހާށެވެ. އެއަށްފަހު ކުކުޅުމަސްކޮޅު މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ. އަދި ޗީޒް ފޮތި މަތީގައި އަނެއްކާވެސް ކުކުޅުމަސް ސްލައިސް އެއް ބާއްވާށެވެ. ދެން ރޯލްސް ގޮތަށް އޮޅާލުމަށްފަހު އިލޮށި ހަރުކުރާށެވެ. އަދި ހުރިހާ ރޯލްސްތައް ވަކިވަކިން ރަބަރުގައި އޮޅާލުމަށްފަހު 2 ގަޑިއިރުވަންދެން އައިސްއަލަމާރީގައި ފިނިކުރަން ބަހައްޓާށެވެ.

ތައްޓަކަށް 3 ބިސް އެޅުމަށްފަހު އޭގެތެރެއަށް އޮލިވް އޮއިލް އަދި ކިރު އަޅާފަ ރަނގަޅަށް އެއްކޮށްފަ ބަހައްޓާށެވެ. ފާރޮށި ކުނޑި އަދި ފުށާއި ބޭކިންގ ޕައުޑަރ، ލޮނު އަދި މިރުސް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ބިސްއަޅައިގެން ތައްޔާރުކޮށްފަ ބެހެއްޓި އެއްޗިއްސާ މިހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ.

އުދުންމައްޗަށް ތަވާ އުދުމަށްފަހު އޭގެތެރެއަށް ތެޔޮއަޅާށެވެ. ތެޔޮއަޅަންވާނީ ރޯލްސް ފަސޭހައިން ތެލުލެވޭ މިންވަރަށެވެ. ފިނިކުރަން ބެހެއްޓި ރޯލްސް އަލަމާރިން ނެގުމަށްފަހު ފަހަރަކު އެއްޗެއް ތައްޔާރުކުރި ފާރޮށި ކްރީމްއަށް އެޅުމަށްފަހު، ރޯލްސް ވަށައިގެން ކްރީމް ރަނގަޅަށް ހޭކުމުން ތެލުލާށެވެ. ރޯފިލަންދެން ތެލުލަން ވާނެއެވެ. މިގޮތަށް ރޯލްސް ތައްޔާރުކޮށްގެން ޓޮމާޓޯ ނުވަތަ ޗިލީ ސޯސް އާއި އެކީގައި ކާން ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ސަމާ 22ޖޫން2021

ތި އެތި ހަދައިފިއްޔާ ކޮޕީ ކުރާ ކަމައް ވާނީ 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —