September 19, 2024 23:31
Advertisement

-Advertisement-

ހެރީ ޕޮޓަރ 12 ފަހަރު ރިޖެކްޓް ކުރިއަސް، ކުރި ހިތްވަރުން މިލިއަނަރަކަށް!

12 ފަހަރަށް ރިޖެކްޓްވިނަމަސް އުންމީދަކާއި އެކު ވާހަކަ ލިޔަން ފެށި ޖޭ.ކޭ ރޮއުލިންގގެ ހެރީ ޕޮޓަރ ވާހަކަ މިވަނީ މުޅި ދުނިޔެ ބަލައިގަނެ ވަރަށް ގިނަ މީހުންގެ ޝަޢުގުވެރިކަން ހޯދާފައެވެ. އެކަނިވެރި މަންމައެއްގެ ގޮތުގައި ހުރެ ރޮއުލިންގ ވަނީ އޭނާގެ ހުރި ކުޅަދާނަކަން ދައްކައި ވާހަކަ ލިޔުމުގެ ހުނަރުން މުޅި ދުނިޔެއަށް ސިހުންގެނުވާފައެވެ. އެހެން ވާހަކަ ލިޔުންތެރިންނަށްވެސް ދިމާވާ ދަތިތަކާއި އެއްގޮތަށް އެމެރިކާގައި ހެރީ ޕޮޓަރގެ ފުރަތަމަ ފޮތް "ދި ފިލޯސޮފަރސް ސްޓޯން" ޕަބްލިޝްކޮށްފައިވަނީ ވެސް ވަރަށް ގިނަ ފަހަރަށް މިފޮތް ރިޖެކްޓް ކުރުމަށްފަހުގައި ކަމަށް އޭނާ ބުނެއެވެ.

ހެރީ ޕޮޓަރ ސީރީޒްގެ ފުރަތަމަ ފޮތާއިއެކު ޖޭ.ކޭ ރޮއުލިންގ

ކުޑަ ކުދިންގެ ވާހަކަ ލިޔެގެން ދިރިއުޅުމުގެ ކަންކަމަށް ބޭނުންވާ އަދަދަށް ފައިސާ ނުލިބޭނެކަމަށް އަބަދުވެސް ރޮއުލިންގެ އެޑިޓަރ ބެރީ ކަނިންގހަމް އޭނާއާއި ދިމާއަށް ބުނެއެވެ. ގިނަ އަދަދަކަށް ރިޖެކްޓްވުމަށްފަހު އެމެރިކާގެ ޕަބްލިޝަރއެއް ކަމުގައިވާ ބްލޫމްސްބަރީ މިފޮތަށް އާނއެކޭ ބުނެފައިވަނީ އޭނާގެ އެންމެ 8 އަހަރުގެ އެލިސް އަތަށް ފޮތްކިޔަން ދިނުމުން އެކުއްޖާ އެފޮތަށް ޝަޢުޤުވެރިވެ އޭގެ ބާކީބައި ހޯދުމަށް ބުނުމުންކަމަށް ރޮއުލިންގ ބުނެފައިވެއެވެ.

އަދި އަންހެނަކު ލިޔެފައިވާ ފޮތެއް ފިރިހެން ކުދިން ކިޔަން ބޭނުން ނުވާނެކަމަށް ބުނެ ރޮއުލިންގެ ނަމުގައި ހިމެނޭ ފުރަތަމަ ނަން 'ޖޯއަން' ފޮތުގައި ނުޖެހުމަށް ބްލޫމްބަރީގެ އެޑިޓޯރިއަލް ޓީމުން ލަފާދެއްވިކަމަށް އޭނާ ހާމަކޮށްފައިވެއެވެ. ނަމަވެސް މިކަމަށް ހުރި ޝަޢުގުގެ ބޮޑުކަމުންނާއި އާމްދަނީ ބޭނުންވެފައި ހުރިވަރުން ޖޭ.ކޭ ރޮއުލިންގ ފޮތުގައި ޖެހުމަށް ރޮއުލިންގ އެއްވެސް ވަރަކަށް ދެކޮޅު ނުހަދައި ފޮތް ނެރުމަށް އެއްބަސްވިއެވެ. މެދު ނަމެއް އޭނާގެ ނެތުމުން އޭނާގެ މާމަގެ ނަން ފެށޭ އަކުރު ބޭނުންކުރިއެވެ. އެއީ 'ކެތްރީން'ގެ ނަމުގައި ހިމެނޭ ކޭ އަކުރެވެ.

Advertisement

އޯޕްރާ ވިންފްރޭގެ ޝޯއަށް ދީފައިވާ އިންޓަރވިއު އެއްގައި ރޮއުލިންގ ބުނެފައިވާ ގޮތުގައި އޭނާގެ ހެރީ ޕޮޓަރ ވާހަކައިގައި ގިނައިން ހިމެނިފައި ހުންނާނީ އޭނާގެ ހަޔާތުގައި އައިސްފައިވާ ކަޅު ދުވަސްތަކާއި ގުޅިފައިވާ ވާހަކަތައް ކަމަށެވެ. އެގޮތުން އުމުރުން އެންމެ 20 އަހަރުގައި އޭނާގެ މަންމަ ދުނިޔެއާއި ވަކިވި ވާހަކަ ހިއްސާކޮށްފައިވެއެވެ. އަދި ހެރީ ޕޮޓަރ ވުޖޫދަށް އައުމުގެ އެންމެ ބޮޑު ހިއްސާއަކީވެސް މިކަން ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

 ހެރީ ޕޮޓަރ ގައި ހިމަނާފައިވާ އެންމެ ބިރުވެރި ސިފަތައް އެކުލެވޭ އެއްޗިއްސަކީ އޭނާ އަށް އެންމެ ބޮޑަށް ނަފްސާނީގެ މައްސަލަތަކާއި ކުރިމަތިވި ދުވަސްވަރު ދިމާވެފައިވާ ކަންތައްތައް ދައްކުވައިވޭ އެއްޗެހިކަންވެސް ބުނެފައިވެއެވެ. ދެރަވަނީކީ ނޫންކަމަށާއި ދެރަވުމަކީ ކޮބައިކަން އޭނާއަށް އެނގޭކަމަށް ބުންޏެވެ. ނަމަވެސް 'ޑިމޮންޓޯރސް' އަކީ ދެރަވުމެއް ނޫންކަމަށާއި އެއީ ބިރުވެރިކަމާއި އެކަނިވެރި ހުސްކަމެއްކަން އޭނާ ހިއްސާކުރިއެވެ.

ޖޭ.ކޭ ރޮއުލިންގ އޭނާގެ ފިރިމީހާ އާއި އެކު

ސަންޑޭޓައިމްސްގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް ބަލާއިރު، ކުޑަ ކުދިންގެ ވާހަކަ ފޮތް ލިޔުމަށް ކެފޭއެއްގައި ތުއްތު ދަރިފުޅު ނިންދެވުމަށްފަހު ލިޔަން އިންނަ ޖޭ.ކޭ ރޮއުލިންގގެ ނެޓް ވޯރތްއަކީ 80 މިލިއަން ޕައުންޑްކަމަށް ބުނެފައިވެއެވެ. މިއީ އިނގިރޭސި ރާނީއަށް ވުރެ 11 ގުނަ އިތުރު އަދަދެއްކަންވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވި 2019ވަނަ އަހަރާއި 2020ވަނަ އަހަރުގެ ތެރޭގައި ހެރީ ޕޮޓަރ ސީރީސްގެ 2.6 މިލިއަން ފޮތް ވިއްކާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. 1997ވަނަ އަހަރު ހެރީ ޕޮޓާ ވާހަކައިގެ ފުރަތަމަ ފޮތް ނެރުނުއިރު 10 އަހަރުތެރޭގައި ހެރީ ޕޮޓާ ސީރީޒްގެ 7 ވާހަކަ ވަނީ ނެރެފައެވެ. އެ ސީރީޒްގެ އެންމެފަހު ފޮތް ކަމުގައިވާ 'ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހަލޯސް' ޝާއިއުކޮށްފައިވަނީ 21 ޖުލައި 2007ގަ އެވެ.     

+1
0
+1
5
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް