Advertisement
header ad
XeeTimesXeeTimes
ހޮޓް މައިލޯ ޕުޑިންގ ބަދިގެ

ހޮޓް މައިލޯ ޕުޑިންގ

ބޭނުންވާތަކެތި:

1 ކިލޯ ހަކުރު

1 ކިލޯ ބަޓަރ

Article - in content
Advertisement

18 ބިސް

1 މައިލޯ ކޭކް ފުނޑުކޮށްފައި

200ގ. ފުށް

30 އެމްއެލް ވެނީލާ އެސެންސް

10ގ. ބޭކިންގ ޕައުޑަރ

ތައްޔާރު ކުރާނެގޮތް

ހަކުރާއި ބަޓަރު އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. މަދުމަދުން ބިސް އަޅަމުން ގިރަމުންދާށެވެ. އެއަށްފަހު އެސެންސް ވެސް އެއްކޮށްލާށެވެ.

ފުނޑުކޮށްފައި ހުރި މައިލޯ ކޭކާއި ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް އަޅާފައި ގިރާލާށެވެ.

ޓްރޭއަށް ފުށްގަނޑު އަޅާފައި އަވަނުގެ ހޫނުމިން 180ގައި ބެހެއްޓުމަށްފަހު 40 މިނިޓް ފިހެލާށެވެ. ނުވަތަ އާވިން ކައްކާލާށެވެ.

ފިހެވުމުން ހިހޫކޮށްފައި ޕުޑިންގެމަތި ޗޮކްލެޓް ސޯސް އިން ގާނިޝްކޮށްލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —