އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެޒަމާނުގައި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އަންހެނުން ހިތާނުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މިގޮތުން އެއްދުވަހެއްގެ ހެދުނެވެ. މަންމަ އަހަރެން ކައިރީގައި ބުންޏެވެ. ދަރިފުޅާއެވެ. " މިއަދު މިގެއަށް މީހަކު އަންނާނެއެވެ. އެމީހާ ބުނާގޮތަށް ދަރިފުޅު ބަސް އަހައިގެން ހުންނާށެވެ. އެއިރުން އެހާބޮޑަށް ތަދު ނުވާނެއެވެ" މަންމަގެ ވާހަކަ އަޑުއިވި އަހަރެން ވަރަށް ބިރުގަތެވެ. ހިތަށް އެރިއެވެ. އަނެއްކާ ކުރަން މިއުޅެނީ ކޮންކަމެއްބާއެވެ. މަންމައާއި ސުވާލުކުރާކަށް ނުކެރުނެވެ. އެޒަމާނަކީ އިންޓަނެޓު ޒަރީއާއިން މައުލޫމާތު ފަސޭހައިން ލިބޭ ޒަމާނެއް ނޫނެވެ.
ހަމައެކަނި އިވެނީ މީހުން ދައްކާ ވާހަކައެވެ. އެގޭހާވެސް އެއްޗަކީ އާއިލީ އެހެން ގިނަ އަންހެނުންވެސް ވަނީ މަންމަ އެބުނި ގޮތަށް އަމަލުކޮށްފައި ކަމެވެ. ވަގުތު ކުޑަތަންވެއްޖެއެވެ. ހިތްދިޔައީ ނުތަނަވަސްވަމުންނެވެ. އެބުނާ މީހަކު ވެސް ގެއަށް އައިއްސިއެވެ. އެމީހުންގެ ބަހުންނަމަ ހިތާނުވެސް ކޮށްފިއެވެ.
އަހަންނަށް ނޭގޭ ކަހަލަ ބިރުވެރިކަމާއި ތަދު އިހުސާސްވިއެވެ. ލޭގެކުލަ ފެނުމުން ހިތްބިރުގަތެވެ. އެކަމަކު މިވާހަކަ ވަކި ދައްކާނީ ކާކު ކައިރީގަހެއްޔެވެ. އެއިރު ރަށްފުށުގެ މާހައުލުގައި މިކަމުން ސަލާމަތްވާން ކުރެވޭނެ ކަމެއް ނެތެވެ.
ކޮންމެއަކަސް އެދުވަހަށްފަހު ބުނެދޭން ނޭގޭފަދަ ތަދެއް ދިޔައީ އިހުސާސްވަމުންނެވެ. އެތަދު އެންމެބޮޑަށް އިހުސާސް ކުރަން މިޖެހުނީ މީހަކާއި އިނުމަށްފަހުގައެވެ. މިއަދު އަހަންނަކީ 3 ކުދިންގެ މަންމައެކެވެ. އަދިވެސް ކުޑައިރު އެކުރި ކަންތަކުން އަރައިނުގަނެވެއެވެ. ހިތާނުކޮށްފައިވާ އަންހެނުންނަށް އެކަމުގެ އަސަރު ދިގުމުއްދަތަކަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެންވެސް މިވަނީ އެކަމުން އަރައިނުގަނެވިފައެވެ.
މިފަދަ ކަމެއް ކުރަން ބާރުއެޅިއަސް އެކަމާއި ދެކޮޅަށް އަޑު އުފުލާށެވެ. އެހީތެރިކަން ހޯދާށެވެ. ލޭގެ ކުލަ ދައްކާލަން ކަމަށް ބުނެ އެކުރާ ކަމަކަށް އާބަސް ނުބުނުމަކީ އަހަރެންގެ އާދޭހޭވެ. ހޭލާށެވެ.
ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް ލިޔެފައިވާ ލިޔުމެކެވެ. ދިވެހިރާއްޖޭގައި ކުރިން މިކަން ގިނައިން ކުރަމުންދިޔައީ އަންހެންކުދިން އުފަންވާތާ މަދުދުވަސްކޮޅެއްގައި ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.









Thiyabunaa kamehkuran aadhebala kulhivaru dhahkaalaanan☝️
🤣
Kaley nukuraa kameh evaoiytha 1 1
My mom said, both my sisters were done that, they married at the age if 18 and have kids, they both are now above 35 yrs old, no problem with their relationship with their husband …., we have studied about the circumcision of female babies, it’s done very early age, the babies doesn’t even realise, and it heals within few hrs, and by doing this the set life becomes good, if some people experience fear, pain and other problem is called FGM which is haram in Islam, so talk about these kind of issues with people who have good knowledge in Islam and how and when it should be done, ehche neygi hure vaahaka dhekkumeh noone dho, kamaa behey gothun epicure vaahaka dhekkumaky ragalhu goi 5 2
My grandma also did this, please dont talk about the things that you dont know 1
aharenge umurun 23, manma bunee aharen ves hithaanu kuri kamah. ehnveema ehaa kurieh noonehnu 2 2
I have been circumcised as per my mother. But I don’t go through any struggles in life regarding that. Either people abuse the opportunity or doesn’t do it right, otherwise I dont see a reason for people to be struggling because of it. 7 3
Suruhee ran’galhu kollaa thee FGM go through koffa huri meeheh ge vaahaka. 2
thee ves dhoge. ma kaari meehaku buni hama boda kandaalae. ekamaahure …… thadhu veya… 2
މިހާރު އަޕްޑޭޓޯ…އިންނަނީ ތޮރުފާފަ ކަންފަތު މުންޖެއް ލާފަ……ހެހެހެ 3
Mashah mi vanee 40 aharuvefa. Masheh nudheken adhi adeh ves naahan anehenaku khithaanu kuri vaahaka eh noonee khithaanu koffa mukabba jahaafa hadhiyaa dhey thaneh, mashah engunu ehchakee mi ee samaalukan hoadhaa, kommeves ehchekey kiyaigen anhenunge agu vattaalun 3 20
ތީ ދޮގެކޭ ބުނީ ކާކު ނޯޓު ކިޔާލަބަލަ ބުނެދޭން ބޭނުންވީ ރަނގަޅު ކަމެއް ނޫންކަން 3 1
އަޑުއިވޭ ގޮތުންނަމަ އެކަން ކުރަނީ އަންހެނާގެ ……….. ފިރިންނަށް ވަފާތެރިކުރުވަން… ނަަމަވެސް މީގެ ސަބަބުން ފިރިމީހާއާއި އެކު ….. އުނދަގޫވެ އިތުރު މައްސަލަތައް ދިމާވާކަމަށް ޑރ.ނާޒް ލިޔުއްވާފައިވާ ފޮތެއްގައި ވާނެ… އަދި އެކަމާހުރެ ފިރިމީހާ ހިލޭ އަންހެނުންގެ ގާތަށް ދާކަމަށްވެސް ވޭ 5 3
Enmenh rnglhu gothakee mikantha nukurun emeeheh ge gaigaa alhaa veyneh ingey hama emeehakah 🥺 4 1
Aan ahun geyga vess emme hagu dhe meehun noony ebunaa kameh koffa 2 1
ތީ ދޮގުވާހަކައެއް. ނޫނީ ތިކަންކުރީ، ކުރަން ނުދަންނަމީހަކު. 1970ގެ ކުރީ އަހަރުތަކުގައި ތިކަންކުރަނީ ކުއްޖާ އުރައިގެން ގެންގުޅޭ އުމުރުގައި. ގާތްގަނޑަކަށް ހަތަރު މަހުގައި. ކިރިޔާ ލޭފެންނަވަރަށް ހަންކޮޅެއް ކަނޑާލަނީ. އާންމުކޮށް އެކަންކުރަނީ ފޫޅުމައި މީހާ. 33 4
Uthurai dhekunugai ihu thikan kurre thafaathukoh. Dhdkunun hama ley dhakkalanee, uthurun meehun thibunaa thaneh buri kuranee. Dhegoh ves nubai kamah vanee veema mikan huttalan v. 5 3
Kureega thikan raajega kurikan engey ekam mi fahun thikan kohffa huri meehehge vaahaka laabala 11
I have friends done this . They still cant live with husbands .they r still single .they said they dont want sleep with their husbands. 🤷♀️ 5 6