Advertisement
header ad
XeeTimesXeeTimes
ޅޮހީ ހަނގުރާމަ ފަސްގަނޑަކީ ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި ތަނެއްކަމަށް ބުނެވޭ ތާރީޚް

ޅޮހީ ހަނގުރާމަ ފަސްގަނޑަކީ ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި ތަނެއްކަމަށް ބުނެވޭ

ނ އަތޮޅު ޅޮހީގެ ދެކުނު ގޮނޑުދޮށުގައި ހަނގުރާމަ ފަސްގަނޑު ކިޔާ ސަރަހައްދެއް އޮވެއެވެ. ސަޤާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މައުލޫމާތުދެއްވިގޮތުގައި ހަނގުރާމަ ފަސްގަނޑު ކިޔާ ސަރަހައްދުގައި އާޘާރީ ބިނާތަކެއްގެ ހަލާކުވެފައިވާ ތަންތަން އެބަހުއްޓެވެ.

" މިތަނުގެ ދިގުމިނުގައި 100 ފޫޓު، ފުޅާމިނުގައި 65 ފޫޓު ހުރޭ. މިތަނަކީ ހޮޅިންގެ މީހުން ހަނގުރާމައަށް އައުމުން ރައްޔިތުން ނުކުމެ އެމީހުންގެ ގަޔަށް ވެލިއުކާ ފޮރުވާލިތަން ކަމަށް ވަނީ މައުލޫމާތުލިބިފައި. އަދި އެތަން އުސްވެފައިވަނީ އެގޮތަށް އުކި ވެލިންކަމަށް މިރަށު މީހުން ބުނެއުޅޭ" ސަޤާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މައުލޫމާތުދެއްވިއެވެ.

ހަނގުރާމަ ފަސްގަނޑު/ ފޮޓޯ: ސުހެއިލް ހަސަން

މިފަސްގަނޑުގައި އާޘާރީ ބިނާއެއް ހުރިތޯ ޔަގީންކުރުމަށް 1987ވަނަ އަހަރު އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ މިފަސްގަނޑު ބައްލަވައި ތަޙުޤީޤުކުރެއްވުމުން މިތާނގައި އާޘާރީ ބިނާއެއް ނެތްކަން ވަނީ ޔަގީންކުރެވިފައެވެ. ވެލިން ހުރި މި ފަސްގަނޑަށް ތާރީޚީ ގޮތުން ވީ ކިހާދުވަހެއްކަން އެނގޭކަށް ނެތް ކަމަށާއި، އެހެންނަމަވެސް ރަށުގެ ދުވަސްވީ މީހުންނާއި ހަވާލާދީ މި ފަސްގަނޑު 100 އަހަރު ކުރިން ވެސް ހުންނަ ކަމަށް ސަޤާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މައުލޫމާތުދެއްވާފައެވެ.

Article - in content
Advertisement

އަދި މިތަނަކީ ހަނގުރާމަތަކެއް ހިނގާފައިވާ ތަނެއްކަމަށާއި، މިތަނަކީ ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރެވިފައިވާ ތަނެއްކަމަށް ބުނެއުޅެއެވެ.

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރު 2019ވަނަ އަހަރު އެކުލަވާލިއިރު އެ ދަފްތަރުގައި ޅޮހީ ހަނގުރާމަ ފަސްގަނޑުވެސް ވަނީ ހިމަނާފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —