ލ.ފޮނަދޫގައި ޤާއިމުކުރާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓަރީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތު މިއަދު އޮތީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައެވެ. މިއެއްބަސްވުމުގެ ދަށުން ލެބޯޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި ކުންފުންޏާއި މަސައްކަތް ހަވާލުކުރެވުނު ޖުމްލަ އަގަކީ ދެލައްކަ ހަތްދިހަ ހާސް ތިންސަތޭކަ ރުފިޔާއެވެ.
Advertisement













