Advertisement
header ad
XeeTimesXeeTimes
ތާރީޚް: ނިލަންދޫ ފޯއްމަތި ތާރީޚް

ތާރީޚް: ނިލަންދޫ ފޯއްމަތި

ފ.އަތޮޅު ނިލަންދޫގައި 'ފޯއްމަތި' ކިޔާ އާޘާރީ ސަރަހައްދެއް އޮވެއެވެ. މިތަން އޮންނަނީ ރަށުގެ އިރުމަތީފަރާތު ގޮނޑުދޮށާ ގާތްގަނޑަކަށް 250 ފޫޓު ދުރުގައެވެ. ކުރީޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި މިސަރަހައްދު މިހާރު ވަނީ ވަކިކޮށްފައި ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ.

1983މ. ވަނަ އަހަރުގައާއި އަދި 1984މ. ވަނަ އަހަރު 'ތޯރ ހަޔަދާލް' ނަމަކަމަށް ކިޔާ މީހަކު މިތަން ބެލުމަށްފަހު މިތަނާއި ގުޅޭ މަޢުލޫމާތު އޭނާ ނެރުނު ފޮތެއްގައި ޝާއިޢުކޮށްފައިވެއެވެ.

" މިތަނުން ނެގުނު ތަކެތި ކާބަންޑޭޓް ކުރުމުން އެނގުނީ މިތަނުގައި މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރުތަކުގެތެރޭގައި ވޭރެއް ހުރިކަން. މި ވޭރުގެ ތެރޭގައި ބައެއް ތަންތަނުގެ ބިންގަލުގެ މަތީބަޔާއި، ވެވާއި އެ ޒަމާނުގެ ވަޅެއް ހުރޭ. މިސަރަހައްދުގައި ފޯއްމަތި ކިޔާ އުސްފަސްގަނޑަކާއި އާސާރީ މިސްކިތުގެ ބޭރުން ވެވެއް އޮވޭ. އަދި މިސްކިތުގެ އިންފާރާއި ގުޅިގެން ކުޑަވަރެއްގެ ދޮރޯއްޓެއް ހުރޭ" ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ލިޔުމުން ހިއްސާކުރި މަޢުލޫމާތުގައި ވެއެވެ. 

Article - in content
Advertisement

ސައިންޓިފިކް ހޯދުންތަކުން އެނގެން ހުރިގޮތުގައި މިސަރަހައްދަކީ މީލާދީ ސަނަތުގެ 6 ވަނަ ޤަރުނުގެ ތަނެއްކަން އެނގިފައިވާކަމަށާއި، މިތަނުން ފެނުނު ބައެއް ތަކެއްޗަކީވެސް އެދުވަސްވަރު އިންޑިޔާ އާއި ސިލޯނުގެ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއް ފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެތިކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އާސާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި ވަނީ ތިރިވެފައެވެ. އާޘާރީ ސަރަހައްދުގައި 110,732.74 އަކަފޫޓު ހުންނަ ކަމަށްވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —